logoEN
Sto top
އ.ދ. ގެ ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާގެ 26 ވަނަ އާންމު ބައްދަލުވުމުގެ ނައިބު ރައީސްކަން ރާއްޖެއަށް!

އ.ދ. ގެ ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާގެ 26 ވަނަ އާންމު ބައްދަލުވުމުގެ ނައިބު ރައީސްކަން ރާއްޖެއަށް!

އަހުމަދު ޝުރާއު

logo

11/9/2025, 3:22:38 PM

# ފަތުރުވެރިކަމާ ބެހޭ ވުޒާރާ

-

އ.ދ. ގެ ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާގެ 26 ވަނަ އާއްމު ބައްދަލުވުމުގެ ނައިބު ރައީސްކަމަށް ދިވެހިރާއްޖެ އިންތިހާބުވެއްޖެ އެވެ.

Wamco

މިއާއިއެކު ސައުދީ އަރަބިއާގެ ރިޔާދުގައި މިހާރު ކުރިއަށްދާ އ.ދ. ގެ ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާގެ 26 ވަނަ އާއްމު ބައްދަލުވުމުގެ ނައިބު ރައީސްގެ ހައިސިއްޔަތުން މިއަދު އެބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ރާއްޖޭގެ ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމްއެވެ. 

މި އަހަރުގެ ސެޝަންގައި ރާއްޖެ ވަނީ އ.ދ. ގެ ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާގެ 'ވާރކިން ގްރޫޕް އޮން ޓުއަރިޒަމް އެންޑް ކްލައިމެޓް' ގައި ބައިވެރިވެފައިއެވެ. މި ގްރޫޕްގެ މައިގަނޑު މަގުސަދަކީ މޫސުމަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރުމެވެ.

އަދި މީގެ އިތުރުން، އިންޓަރ-އިންސްޓިޓިއުޝަނަލް ވާރކިންގ ގްރޫޕް އޮން ޓުއަރިޒަމް އެންޑް ކްލައިމެޓް އެކްޝަންގެ ވައިސް ޗެއަރ އަށް ވެސް ރާއްޖެ ވަނީ މި އަހަރުގެ އާއްމު ބައްދަލުވުމުގައި އައްޔަނުކޮށްފައިއެވެ. 

ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވާ އ.ދ. ގެ ފަތުރުވެރިކަމާ ބެހޭ ޖަމިއްޔާގެ އާއްމު ބައްދަލުވުން މި އަހަރު ކުރިއަށް ދަނީ ނޮވެމްބަރު މަހުގެ 7 އިން 11 އަށެވެ. މި އަހަރުގެ ބައްދަލުވުން ބާއްވާފައިވަނީ 'އޭ.އައި. ޕަވަރޑް ޓޫރިޒަމް: ރީޑިފައިނިންގ ދަ ފިއުޗަރ' މި ޝިއާރުގެ ދަށުންނެވެ.

މި ބައްދަލުވުމުގައި އދ.ގެ މެންބަރު ޤައުމުތަކާއި، އެފފިލިއޭޓް މެންބަރުންނާއި، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ޖަމްޢިއްޔާޖަމާޢަތްތަކުގެ މަންދޫބުން ވަނީ ބައިވެރިވެއެވެ.

މި ބައްދަލުވުމުގެ ހަވާސާގައި ވަޒީރު ޠާރިޤް އިބްރާހީމް އެކި ގައުމުތަކުގެ ފަތުރުވެރިކަމާ ބެހޭ ވަޒީރުންނާއި، ބައިނަލްއަގްވާމީ އެކި ޖަމިއްޔާގެ މަންދޫބުންނާއި ބައްދަލުކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ވަނީ މަޝްވަރާ ކުރަށްވާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC