
ޔަމަނުގެ ޖަމާއަތެއްކަމަށްވާ ހޫތީ ޖަމާއަތުން ނިރުބަވެރި އިސްރާއީލަށް ބެލިސްޓިކް މިސައިލް ހަމަލާއެއް ދީފި އެވެ.

ހޫތީން މިއަދު ބުނީ އިސްރާއީލަށް ބެލިސްޓިކް މިސައިލް ހަމަލާއެއް ދީފައިވާ ކަމަށާއި ހަމަލާ އަމާޒުކުރީ އިޒްރޭލުގެ ދެކުނުގައި އޮންނަ ބީރްޝެބާގެ "ނާޒުކު" ސަރަހައްދަކަށް ކަމަށެވެ.
އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މީހުންގެ މިސައިލް ޔުނިޓުން ހަމަލާ ދީފައި ވަނީ ދޫ އަލް ފިޤާރު ބެލިސްޓިކް މިސައިލެއް ބޭނުންކޮށްގެން ކަމަށެވެ. އަދި އެ އޮޕަރޭޝަން ކާމިޔާބު ކަމަށާއި މިސައިލް އަމާޒަށް ވާސިލްވި ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
މީގެ އިތުރުން މިދިޔަ ހަފުތާގެ ކުރީކޮޅު ހޫތީން ވަނީ ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ބީރްޝެބާ، ޖަފާ އަދި ހައިފާގެ ތަންތަނަށް އަމާޒުކޮށް ގިނަ އޮޕަރޭޝަންތަކެއް ހިންގާފައި ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
ހޫތީންގެ ހަމަލާ ކާމިޔާބުކަމަށް އެޖަމާއަތުން ބުނި ނަމަވެސް ޔަމަނުން ފޮނުވާލި ހަމަލާއެއް ހުއްޓުވާފައިވާ ކަމަށް އިސްރާއީލު އަސްކަރިއްޔާއިން ވަނީ ބުނެފައި އެވެ.
ގުޅުންހުރި

އަލް މުޚާ ބަނދަރަށް ދިން ހަމަލާގެ ޒިންމާ ހޫތީން ނަގައިފި: "ސައުދީ ސިފައިން ހިމެނޭހެން އެތައް ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަހަމްވި"

ޔަމަނުގެ ރަސްމީ ސަރުކާރުގެ ބެލުމުގެ ދަށުގައި އޮންނަ މުހިންމު ބަނދަރަކަށް ބޮޑެތި ހަމަލާތަކެއް: ތުހުމަތު ހޫތީންނަށް!

ހޫތީންގެ ހަމަލާއެއް އިސްރާއީލަށް، ބޮޑެތި ގެއްލުންތަކެއްވެ ޔަހޫދީންތަކެއް ޒަހަމްވިކަމުގެ ރިޕޯޓު!




