logoEN
Sto top
ދިވެހި ދަރިވަރުންނަށް މެލޭޝިއާގައި ޓެކްސްގެ ބުރަ އުފުލަން ނުޖެހޭގޮތަށް ކަންކަން ހަމަޖައްސައިދޭނަން - ހައިދަރު

ދިވެހި ދަރިވަރުންނަށް މެލޭޝިއާގައި ޓެކްސްގެ ބުރަ އުފުލަން ނުޖެހޭގޮތަށް ކަންކަން ހަމަޖައްސައިދޭނަން - ހައިދަރު

އަހުމަދު ޝުރާއު

logo

6/28/2025, 8:35:29 AM

# ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

-

މެލޭޝިއާގެ ސޭލްސް އެންޑް ސާވިސް ޓެކްސްއަށް ދާދި ފަހުން ގެނައި ބަދަލާއި އެކު ގައުމުން ބޭރުގެ ދަަރިވަރުން ޓެކްސް ދައްކަންޖެހޭ ގޮތަށް ނިންމި ނިންމުމާއި އެކު އެގައުމުގައ ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނަށް ބުރަ އުފުލަން ނުޖެހޭގޮތަށް ސަރުކާރުން ކަންކަން ހަމަޖައްސަވާނެކަމަށް މަތީ ތަޢުލީމާ މަސައްކަތްތެރިކަމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.

Wamco

ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ހައިދަރު ވިދާޅުވީ ޓެކްސް ނަގަން ނިންމި ނިންމުން އަދި މިހާތަނަށް މެލޭޝިއާ ސަރުކާރުން ރަސްމީކޮށް އަންގާފައި ނުވާ ކަމަށާއި މި ނިންމުން އިޢުލާނުކޮށް ތަންފީޒުކުރުމާ ދެމެދު ދީފައިވަނީ ހަފްތާއެއްހާ ދުވަހުގެ މުއްދަތެއް ކަމުން ކުރިއާލާ އެކަމުގައި ފިޔަވަޅެއް އެޅުމަށް، އެކަމާ މަޝްވަރާކޮށް ގޮތެއް ނިންމުމަށް އަދި އެކަށީގެންވާ ވަގުތު ލިބިފައިނުވާ ކަމަށެވެ.

އެހެން ނަމަވެސް މިކަން ސަރުކާރުގެ ސަމާލުކަމަށް އައިސް، މިކަން ގާތުން ބަލަމުންދާކަން ހައިދަރު ފާހަގަކުރެއްވި އެވެ. އެގޮތުން މެލޭޝިއާއަކީ ގިނަ އަދަދެއްގެ ދިވަހި ދަރިވަރުން ތަޢުލީމު ހާސިލުކުރާ ޤައުމަކަށްވުމާއެކު، މިކަމުގައި އެޅޭނެ ފިޔަވަޅުތަކާމެދު މަޝްވަރާކުރަމުންދާކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މިކަން ދަރިވަރުންނަށް ބުރައަކަށް ނުވާނެހެން ކަންކަން ހަމަޖެއްސުން ކަމަށް ހައިދަރު ވިދާޅުވިއެވެ.

އަދި ސަރުކާރުގެ ސްކޮލަރޝިޕާއި ލޯނުގައި ކިޔަވާ ދަރިވަރުންގެ އިތުރުން، އަމިއްލަ ގޮތުން ކިޔަވަންގޮސް ތިބި ދަރިވަރުންނަށްވެސް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ހައިދަރު ވަނީ ދެއްވާފައި އެވެ.

މެލޭޝިއާގެ މާލީ ހާލަތު ދައްވަމުންދާތީ ކުއްލި ގޮތަކަށް މިދިޔަ ހަފްތާގައި އެގައުމުން ނިންމާފައިވަނީ ސޭލްސް އެންޑް ޓެކްސްގެ ޤާނޫނަށް ބަދަލު ގެނެސް މެލޭޝިއާގައި ކިޔަވާ ބޭރުގެ ދަރިވަރުންގެ އަތުން %6 ގެ ޓެކުހެއް ނެގުމަށެވެ. އަދި 1 ޖުލައިން ފެށިގެން މިކަމަށް ޢަމަލުކުރަން ފެށުމަށް އެ ޤައުމުން ވަނީ ނިންމާފައެވެ.

މެލޭޝިއާއަކީ އޭޝިއާ ސަރަހައްދުގައި އެންމެ ގިނަ ދަރިވަރުން މަތީ ތައުލީމް ހާސިލުކުރަމުންދާ އެއް ގައުމެވެ. އަދި މިވަގުތު ރާއްޖެއިން ބޭރުގައި އެންމެ ގިނަ ދިވެހި ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާ ގައުމަކީވެސް މެލޭޝިއާ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside