logoEN
Sto top
ތިނަދޫ ސިޓީ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑުކޮށްފި

ތިނަދޫ ސިޓީ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑުކޮށްފި

# ތިނަދޫ ސިޓީ

-

ތިނަދޫ ސިޓީ މޭޔަރު ސައުދު އަލީ ތިން މަސް ދުވަހަށް އަދި ޑެޕިއުޓީ މޭޔަރު ނަސްރުالله އަލީ އެއްމަސް ދުވަހަށް ސަސްޕެންޑުކޮށް, ކައުސިލަރުންނަަށް ފިޔަވަޅު އެޅުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފި އެވެ.

Wamco

އެލްޖީއޭއިން މިގޮތަށް ނިންމާފައިވަނީ, ތިނަދޫ ސިޓީ ކައުންސިލާ ގުޅޭގޮތުން އެ އިދާރާއަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ކުރިއަށް ގެންދިޔަ އިންކުއަރީއަށް ފަހު އެވެ. އެ އިންކުއަރީގައި އެ ކައުންސިލާއި ގުޅިގެން ހުށަހަޅާފައިވާ މައްސަލަތަކާއި ގުޅިގެން ކައުންސިލްގައި ހުރިހާ މެންބަރުންނާއި އިދާރީ މުވައްޒަފުންގެ ބަޔާން ނަގައި މައްސަލައާއި ގުޅިފައިވާ މައުލޫމާތު ދިރާސާކޮށްފައިވާނެ ކަމަށް އެލްޖީއޭއިން ބުނެފައިވެއެވެ.

މި އިންކުއަރީގައި ޖުމްލަ 19 ކަމެއްގެ މައްޗަށް ބަލައި ދިރާސާކޮށްފައިވާނެ ކަމަށް އެލްޖީއޭއިން ބުނެފައިވެއެވެ.

އެލްޖީއޭގެ އިންކުއަރީގައި ބެލި މައްސަލަތައް:

  1. ދައުލަތުގެ އިދާރާތަކުން ތިނަދޫ ކައުންސިލަށް ފޮނުވާ ސިޓީތަކަށް ޖަވާބުނުދީ ފޮނުވާލުން
  2. ތިނަދޫން އެހެން ރަށަކަށް ރަށްވެހިކަން ބަދަލުކުރުމަށް ހުށަހެޅުމުން 5000 ރުފިޔާގެ ފީއެއް ނެގުން
  3. ތިނަދޫން އެހެން ރަށަކަށް ރަށްވެހިކަން ބަދަލުކުރުގައި ކައުންސިލަށް ފީއެއް ނެގުމަށް ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް އެލްޖޭއީން އެންގުމުން ނުކުރުން
  4. އަތޮޅު ކައުންސިލާއި ސަރުކާރު އިދާރާތަކުން ހޯދުމަށް އެދޭ މައުލޫމާތު ނުފޮނުވުން
  5. އަތޮޅު ކައުންސިލުން އަންގާ އެންގުންތަކަށް އަމަލު ނުކުރުން
  6. މަލީ ވުޒާރާގެ ހުއްދަނެތި ކައުންސިލްގެ ބިޑް ކޮމިޓީއާއި ބިޑް އެވެލިއުޝަން ކޮމިޓީއަށް އެލަވެންސް ދިނުން
  7. އޭސީސީން ކައުންސިލަށް ތަހުގީގަށް ދިއުމުން އެއްބާރުލުން ނުދިނުން
  8. އޮފިޝަލުން ސޯޝަލް މީޑިއާ އެކައުންޓްތަކުން ކައުންސިލާއި ލާމަކަރުކަޒީ ނިމާޒް އަގުވެއްޓޭ ގޮތަށް ޕޯސްޓްކުރުން
  9. ހައުސިން ސިޔާސަތުގެ ދަށުން 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހައުސިން މިނިސްޓްރީގެ މަޝްވަރާއެއް ނެތި ހުޅުވާލުމާއި އެކަން ނުކުރުމަށް އެންގުމުން އެކަމަށް އަމަލު ނުކުރުން
  10. ތިނަދޫން ދޫކޮށްފައިވާ ފްލެޓްތަކަށް ވަޅުފެން ނުލިބޭތީ މޭޔާރާއި ބައްދަލު ކުރުން ރައްޔިތުން އެދުމުން ބައްދަލު ނުކުރުން
  11. މޮނިއުމެންޓް ޕްރޮޖެކްޓްގެ ފައިސާ މޭޔަރު ސައުދު އަލީގެ ނަމުގައި ރަޖިސްޓްރީކޮށްފައިމާ އަމިއްލަ ފަރުދުންގެ ވިޔަފާރި އެކައުންޓަކަށް ޖަމާކުރުން
  12. ސިޓީ ކައުންސިލެއް އުފައްދާފައި ނުވަނީސް ސިޓީ ކައުންސިލްގެ މޭޔަރާއި މެންބަރުންގެ މުސާރައާއި އިނާޔަތްތައް މޭޔަރު އަދި މެންބަރުން ނެގުން
  13. ސީއެސްސީގެ ގަވާއިދުތަކާއި ހިލާފަށް ވޭޖް އުސޫލުން އިއުލާނުކުރުމެއްނެތި މުވައްޒަފުން ނަގާ މައްސަލަ
  14. ކައުންސިލް މެންބަރުން ކައުންސިލްގެ ޖަލްސާގެ އެޖެންޑާއަށް ހުށަހަޅާ ކަންކަން އެޖެންޑާ ނުކުރުން
  15. މާލިއްޔަތު ގާނޫނާއި ހިލާފަށް ހިންގާ ޕްރޮކިއުމެންޓްތައް ސްޕްލިޓްކޮށްގެން ކުރިއަށްގެންދިއުން
  16. ވަކި ފަރާތަކަށް މަންފާވާ ގޮތަށް ލޯންޗެއް ގަތުމަށް ޕްރޮކިއު ކޮށްފައިވުން
  17. އިދާރީ މުވައްޒަފުންނަށް މަޖްބޫރުކޮށް ވަކިގޮތަކަށް ކަންކަންކުރުވާ މައްސަލަ
  18. މެންބަރު މުހައްމަދު ޒަލީފް އަބްދުﷲ ސާބިތު ދަރަނީގެ މައްސަލަ
  19. ޑަބްލިއުޑިސީގެ ރައީސާ ލޯކަލް ކައުންސިލްތަކުގެ ގާނޫނާއި ހިލާފަށް އޮންލައިންކޮށް ޖަލްސާގައި ބައިވެރިވެ އެލަވެންސް ނަގާ މައްސަލަ

އެލްޖީއޭއިން ވިދާޅުވީ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރުމާއި، ވާޖިބު އަދާކުރުމުގައި އިހުމާލުވުމާއި ކައުންސިލްގެ ބާރުތަކާއި ވަޞީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކައުންސިލަރުންގެ ޢަމަލުތައް ބަހައްޓާފައިވާކަން އިންކުއަރީއަށް ސާބިތުވާ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ޢަމަލުތައް ތަކުރާރުކޮށްފައިވާ ކަމަށާއި، އެހެންވެ މައްސަލަތައް ބަލައި އެ އިދާރާގެ ބޯޑުން ތިނަދޫ ސިޓީ މޭޔަރާއި ޑެޕިއުޓީ މޭޔަރު އަދި ކައުންސިލަރުންނަށް ފިޔަވަޅު އެޅުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާ ޚިލާފުވެފައިވާ ކަން އިންކުއަރީއަށް ފާހަގަކުރެވިފައިވާތީ, ތިނަދޫ ސިޓީ ކައުންސިލުގެ މޭޔަރު ސައުދު ޢަލީ، މުސާރައާއި އިނާޔަތް ނުލިބޭގޮތަށް 3 މަސްދުވަހުގެ މުއްދަތަށް ސަސްޕެންޑުކުރުމަށް އަދި, ޑެޕިއުޓީ މޭޔަރު ނަސްރުﷲ ޢަލީ، މުސާރައާއި އިނާޔަތް ނުލިބޭގޮތަށް އެއް މަސްދުވަހުގެ މުއްދަތަށް ސަސްޕެންޑްކުރުމަށް އެލްޖީއޭއިން ވަނީ ނިންމާފައެވެ.

މީގެ އިތުރުންވެސް, ކައުންސިލުގެ މެންބަރު އަހުމަދު ވަހީދު އާއި އާމިނަތު ނަސީމާ އާއި އަޙްމީމާ އަޙްމަދު އާއި ތިނަދޫ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސް ޖީޒާ ހަސަނަށް ނަސޭހަތްތެރިވުމާއެކު މުސާރައިގެ ގޮތުގައި އިތުރަށް ދީފައިވާ ފައިސާ 2 މަސްދުވަސްތެރޭ އަނބުރާ ދެއްކުމަށްވެސް އަންގާފައިވާނެ ކަމަށް އެލްޖީއޭއިން ވިދާޅުވި އެވެ.

ކައުންސިލްގެ މެންބަރު މުޙައްމަދު ޒަލީފު ޢަބްދުﷲ ގެ ސާބިތު ދަރަނީގެ މައްސަލައެއް އޮތުމުން ނަސޭހަތްތެރިވުމާއެކު މުސާރައިގެ ގޮތުގައި އިތުރަށް ދީފައިވާ ފައިސާ 2 މަސްދުވަސްތެރޭ އަނބުރާ ދެއްކުމާއެކު ކައުންސިލު މެންބަރެއްގެ ކިބައިގާ ހުރުން ލާޒިމް ސިފައެއް އުނިވެފައިވާކަމަށް ކަނޑަޅައިފިނަމަ އެކަން ޤާނޫނާއި އެއްގޮތަށް ޕްރޮސެސް ކުރުމަށް އެންގެވުމަށް ވަނީ ނިންމަވާފައެވެ.

------

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside