
އިރާނަށް ދެމުންދިޔަ ހަމަލާތައް ހުއްޓާލުމާއި އެކު ޣައްޒާއަށް ދޭ ހަމަލާތައް ވަރުގަދަކުރާނެކަން ނިރުބަވެރި އަސްކަރިއްޔާއިން ހާމަކޮށްފި
# ޣައްޒާއިރާނާއި ދެކޮޅަށް ހިންގަމުންދާ "ކެމްޕެއިން" މިވަގުތައް ހުއްޓާލައި އަސްކަރިއްޔާގެ ފޯކަސް ދެން ހުރީ އަލުން އަނބުރާ ޣައްޒާއަށް ހަމަލާދިނުމަށް އިސްރާއީލުން ބުނެފި އެވެ.

ނިރުބަވެރި އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް އިޔާލް ޒާމިރު މިރޭ ބުނީ އީރާނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ އަމަލުތައް މިހާ ހިސާބުން ނިމުނީ ނޫން ކަމަށާއި ނަމަވެސް މިވަގުތައް ހުއްޓާލީ ކަމަށެވެ. އެގޮތުން މިފަހުން ދިން ހަމަލާތަކަކީ އިރާނާއި އިސްރާއީލުގެ ހަމަނުޖެހުންތަކުގެ މުހިންމު ޗެޕްޓަރެއް ކަމަށް އޭނާ ވަނީ ބުނެފައި އެވެ.
ހަމަލާތައް ހުއްޓާލިނަމަވެސް އިސްރާއީލުން އޮންނާނީ އިރާނަށް ފާރަވެރިވެގެން ކަމަށާއި އަދި ހިންދެމިލެވޭކަށް ނެތް ކަމަށްވެސް އޭނާ ވަނީ ބުނެފައި އެވެ. އެގޮތުން އިރާނުގައި އިސްރާއީލުން މާބޮޑު ކުރިންއެރުންތަކެއް ނުލިބޭ ފަދަ މޭރުމަކުން އޭނާ ބުނީ ހަމަލާތަކުގެ ނަތީޖާއެއްގެ ގޮތުން އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި މިސައިލް އުފެއްދުމުގެ ގާބިލްކަން ކޮންމެވެސް ވަރަކަށް ބަލިކަށިކުރެވުނު ކަމަށެވެ.
އިރާނަށް ދެމުންދިޔަ ހަމަލާތައް ހުއްޓާލުމާއި އެކު ދެން އަލުން އަނބުރާ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށްވެސް އޭނާ ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން އިރާނުގެ ހަމަލާތައް ހުއްޓާލުމުން އިސްރާއީލު އަސްކަރިއްޔާގެ ފުރިހަމަ ފޯކަސް ހުރީ ޣައްޒާއަށް ކަމަށާއި އިސްރާއީލުން ޣައްޒާގައި ދެމުންދާ ހަމަލާތައް ހުއްޓާލާނީ ހަމާސް ވުޖޫދުން ނައްތާލެވުމުން ކަމަށް އޭނާ ވަނީ ބުނެފައި އެވެ.
އިރާނަށް ހަމަލާދެމުން ދިޔައިރުވެސް އިސްރާއީލުން ވަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދީފައި އެވެ. މިގޮތުން އިރާނަށް ހަމަލާދޭން ފެށި ދުވަހުން ފެށިގެން މިއަދަށް މިވީ 12 ދުވަހުގެ ތެރޭގައި ޣައްޒާއިން 800 އަށްވުރެ ގިނަ މީހުން ޔަހޫދީ އަސްކަރިއްޔާއިން ވަނީ ޝަހީދުކޮށްލާފައި އެވެ.
ގުޅުންހުރި

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހައިހޫނުކަމުގައި ޣައްޒާއިން 11 މަރު!

ޔަހޫދީން ހަމަލާތައް ހުއްޓާނުލައިފި ނަމަ އިނގިރޭސިވިލާތުން ފަލަސްތީނު ދައުލަތް ރަސްމީކޮށް ބަލައިގަންނާނެކަން ހާމަކޮށްފި

ޣައްޒާއިން މިއަދު ޝަހީދުވި މީހުންގެ އަދަދު 100 އިން މައްޗަށް!
