logoEN
Sto top
މަރްހޫމް ޝެއިހް ފަރީދުގެ ހަނދާނުގައި ބިނާކުރާ މިސްކިތުގެ ބިންގާ އެޅުމަށް ދެ ދަރީން ބަންގްލަދޭޝަށް!

މަރްހޫމް ޝެއިހް ފަރީދުގެ ހަނދާނުގައި ބިނާކުރާ މިސްކިތުގެ ބިންގާ އެޅުމަށް ދެ ދަރީން ބަންގްލަދޭޝަށް!

އަހުމަދު ޝުރާއު

logo

6/24/2025, 4:59:21 PM

# ޝެއިހް ފަރީދު އަވަހާރަވުން

--

އަލްމަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރާ މިސްކިތުގެ ބިންގާ އެޅުމަށް ފަރީދުގެ ދެ ދަރިން މިރޭ ބަންގްލަދޭޝަށް ފުރައިފި އެވެ.

Wamco

މި މަސައްކަތްކުރިޔަށް ގެންދާ ހިދުމަތް ޖަމިއްޔާގެ ޓީމަކާއި އެކު މިރޭ ބަންގްލަދޭޝަށް ފުރާފައިވަނީ މަރްހޫމް ޝެއިހް ފަރީދުގެ އެންމެ ދޮށީ ދެ ދަރީން ކަމަށްވާ މުހައްމަދު ފަރީދު އާއި އަބްދުالله ފަރީދު އެވެ.

އެގޮތުން ފުރުމުގެ ކުރީން އަބްދުالله އާއި މުހައްމަދު ހިދުމަތް ޖަމިއްޔާގެ ރަސްމީ ފޭސްބުކް ޕޭޖުގައި ޝާއިރުކުރި ވީޑިއޯއެއްގައި ބުނީ ބަންގްލަދޭޝަށް މިރޭ ފުރަނީ އެދެފަރާތުގެ ވެސް ބައްޕަ، ޝެއިހް ފަރީދުގެ ނަންފުޅުގައި އެގައުމުގެ ބިނާކުރާ މިސްކިތުގެ ބިންގާ އެޅުމަށް ކަމަށެވެ. އަދި މި މިސްކިތް ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިން އެންމެހާ ފަރާތްތަކަށް މުހައްމަދު އާއި އަބްދުالله ވަނީ ޝުކުރު އަދާކުރައްވާފައި އެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ދަޢުވަތުގައި އިސްދައުރެއް އަދާކުރެއްވި ޝެއިޚް އިބްރާހީމް ފަރީދު އަޙުމަދުގެ ހަނދާނުގައި ބަންގްލަދޭޝްގައި މިސްކިތެއް ބިނާކުރުމަށް ހިދުމަތް ޖަމިއްޔާއިން އާންމުންގެ އެހީއަށް ހުޅުވާލިތާ 24 އިރުވެސް ނުވަނީސް އެ މިސްކިތް ބިނާކުރުމަށް ބޭނުންވާ 7 ލައްކަ ރުފިޔާ ވަނީ ހަމަވެފައި އެވެ. މިއާއިއެކު އިތުރު ފަރާތްތަކުންވެސް ޝެއިހް ފަރީދުގެ ހަނދާނުގައި މިސްކިތެއް ބިނާކުރުމަށްޓަކައި އެހީތެރިވުމަށް އެދުމާއި އެކު ފަރީދުގެ ހަނދާނުގައި ރާއްޖޭގައިވެސް މިސްމިތެއް ބިނާކުރުމަށް މިހާރު ވަނީ ނިންމާފައި އެވެ.

ޝެއިހް ފަރީދު ކުއްލި ގޮތަކަށް ނިޔާވީ މިމަހު ނުވަވަނަ ދުވަހު މެލޭޝިޔާއަށް ވަޑައިގެންނެވިތާ އިރުކޮޅެއްގެ ތެރޭގައި އެގައުމުގެ އެއާޕޯޓުގައި ހުންނަވަނިކޮށެވެ. މިއާއިއެކު ޝެއިހް ފަރީދުގެ ޖަނާޒާގެ ކަންކަންވެސް ކުރިޔަށް ގެންގޮސްފައިވަނީ މެލޭޝިއާގައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside