
އަރަބި ބަސް ދަސްކޮށްދިނުމަށް ކުރިޔަށް ގެންދާ ޕްެރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފި
# އިސްލާމިކް މިނިސްޓްރީ--
އެއްވެސް ވަރަކަށް ޢަރަބި ބަސް ނޭނގޭ ފަރާތްތަކަށް އަމާޒުކޮށްގެން އަަރަބި ބަސް ދަސްކޮށްދިނުމަށް ބާއްވާ ފްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި އެވެ.

"އަހަރެންވެސް ޢަރަބި ކިޔަވާނަން" ނަމުގައި ބާއްވާ މި ޕްރޮގްރާމަކީ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން ބޭއްވުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ 5 ޖުލައި 2025 ވާ ހޮނިހިރު ދުވަހު ހެނދުނު 08:00 ން 12:00 ސަލްމާން މިސްކިތުގެ 3 ވަނަ ފަންގިފިލާގައެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ޢުމުރުން 18 އަހަރުންމަތީގެ ބޭފުޅުން 1 ޖުލައި 2025 ގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ގޫގުލް ފޯމު ފުރިހަމަކުރެއްވުމަށް ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން އެދެއެވެ. މި ޕްރޮގްރާމްގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ ފޯމް ހުށަހަޅާ ތަރުތީބުން 30 ބޭފުޅުންނެވެ.
ގުޅުންހުރި

ޙާފިޡުކަމުގެ ސަނަދު އެންމެ މަތީ ދަރަޖައިގައި ޙާސިލްކުރި ފާޠިމަތުގެ އަގު ވަޒީރު ޑރ. ޝަހީމް ވަޒަންކުރައްވައިފި

ދާއިމީ އިމާމުން ނެތުމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދަނީ

ޙާފިޒުން އިމްތިޙާނުކުރާ ކޮމިޓީތައް އިތުރަނީ




