logoEN
Sto top
މިއީ ސުލްހަމަސަލަސްކަން ގާއިމްކުރަންވި ވަގުތު - ޓްރަމްޕު

މިއީ ސުލްހަމަސަލަސްކަން ގާއިމްކުރަންވި ވަގުތު - ޓްރަމްޕު

އަހުމަދު ޝުރާއު

logo

6/23/2025, 8:12:08 PM

# އެމެރިކާ

މިވަގުތަކީ ސުލްހަމަސަލަސްކަން ގާއިމްކުރަންވި ވަގުތުކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަްމްޕު ވިދާޅުވެއްޖެ އެވެ.

Wamco

ޓްރަމްޕު މިފަދައިން ބުނީ އިރާނުން މިރޭ ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާދިނުމާއި ގުޅިގެން އެކަމަށް އެމެރިކާއިން ރައްދު ނުދޭނެކަން އަމިއްލަފުޅަށް ހާމަކުރައްވައި މިރޭ ކުރި ޕޯސްޓަކަށްފަހު ކުރެއްވި އިތުރު ޕޯސްޓެއްގައި އެވެ.

އެގޮތުން ފަހުން ކުރެއްވި ކުރު ޕޯސްޓުގައި ޓްރަމްޕު ވިދާޅުވީ މުޅި ދުނިޔެއަށް މަރުހަބާ ދަންވާ ކަމަށާއި މިހާރު މިއީ ސުލްހަމަސަލަސްކަން ގާއިމްކުރަންވީ ވަގުތު ކަމަށެވެ.

މިރޭ އިރާނުން ވަނީ މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އެއް އެއާބޭސް ކަމަށްވާ އަލް އުދީދު ބޭސްއަށް މިސައިލްތަކެއް ބޭނުންކޮށްގެން ވަރުގަދަ ހަމަލާްއެއް ދީފައި އެވެ.

މިހަމަލާއާއި ގުޅިގެން ފުރަތަމަ ފަހަރަށް ބަހެއް ޓްރަމްޕު ވިދާޅުވީ މީސް މީޑިއާގައި އެވެ. އެގޮތުން ޓްރަމްޕު ވަނީ މިރޭ އިރާނުން ދިން ހަމަލާއަކީ އެމެރިކާއިން އުންމީދުކުރި ފަދަ އަދި ރައްދުގައި ދޭކަހަލަ ހަމަލާއެއް ނޫން ކަމަށް ސިފަކޮށްފައެވެ. އެގޮތުން އިރާނުން 14 މިސައިލް ފޮނުވާލި އިރު 13 މިސައިލް ހުއްޓުވި ކަމަށާއި ފަހު މިސައިލް ގޮސްފައިވަނީ އެމެރިކާގެ މަސްލަހަތު ހިމެނޭ ސަރަހައްދަކަށް ނޫން ކަމަށް ޓްރަމްޕު ވިދާޅުވި އެވެ.

"އުފަލާއެކީ ދަންނަވާލަން ބޭނުންވަނީ، އެމެރިކާގެ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވޭ. އަދި ބޭސްއަށް ވެސް ގެއްލުމަކަށްވާ ވަރުގެ ގެއްލުމެއް ނުލިބޭ " ޓްރަމްޕު ވިދާޅުވިއެވެ.

ޓްރަމްޕު ވަނީ މިހަމަލާގެ ކުރީން އިރާނުން ހަމަލާދޭނެ ކަމުގެ އިޝާރާތެއް ދިންކަމަށް ބުނެފައި އެވެ. އަދި އެކަމަށް ޓްރަމްޕު ވަނީ އިރާނަށް ޝުކުރުވެސް އަދާކޮށްފައެވެ. އަދި ބޭސްއަށާއި ސިފައިންނަށް ގެއްލުމެއް ނުލިބުނީ އެކަމުގެ ސަބަބުން ކަމަށްވެސް ޓްރަމްޕު ފާހަގަކުރިއެވެ. އަދި މި ހަމަލާއާއި އެކު އިރާނަށް ވެސް އެމީހުން ބޭނުންވާ ބަދަލު ހިފިއްޖެ ކަމަށާއި އެކަމަށް އެމެރިކާއިން ދޭނެ ރައްދެއް ނެތްކަން ދޭހަވާ މޭރުމަކުން ޓްރަމްޕު ވިދާޅުވީ "އެންމެ މުހިންމު ކަމަކީ އެމީހުންގެ "ސިސްޓަމުން" އެކަން މިހާރު ބޭރުވެއްޖެ" ކަމަށެވެ.

ޓްރަމްޕު އިތުރަށް ވިދާޅުވީ އިރާނަށް މިހާރު ސަރަޙައްދުގެ ޞުލްޙަމަސަލަސްކަމާއި އެއްބައިވަންތަކަމަށް މަސައްކަތްކުރުމުގައި ކުރިއަށް ދެވޭނެކަމަށާއި، އެކަމަށް އިޒްރޭލަށްވެސް އެމެރިކާއިންވެސް ހިތްވަރުދޭކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside