logoEN
Sto top
ބަހްރައިން އާއި ކުވެއިތުގެ ވައިގެ ސަރަހައްދު އަލުން ހުޅުވާލައިފި

ބަހްރައިން އާއި ކުވެއިތުގެ ވައިގެ ސަރަހައްދު އަލުން ހުޅުވާލައިފި

އަހުމަދު ޝުރާއު

logo

6/23/2025, 7:44:28 PM

# މެދުއިރުމަތި

ބަހްރައިން އާއި ކުވެއިތުގެ ވައިގެ ސަރަހައްދު އަލުން ހުޅުވާލައިފި އެވެ.

Wamco

މެދުއިރުމަތީގެ ބައެއް ގައުމުތަކުން ވައިގެ ސަރަހައްދުތައް މިރޭ ބަންދުކުރީ އިރާނުން ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް މިސައިލް ހަމަލާތަކެއް ދިނުމާއި ގުޅިގެންނެވެ.

ބަހްރައިން އާއި ކުވެއިތުގެ ދައުލަތުގެ މީޑިއާތަކުން މިހާރު ވަނީ ވައިގެ ސަރަހައްދު ބަންދުކުރުމަށް ނެރުނު އަމުރު ބާތިލްކޮށްފައިވާ ކަމަށް ބުނެފައި އެވެ. އަދި އެއާލައިންތަށް އެގައުމުތަކުގެ އެއާޕޯޓުތަކަށް މިހާރުން ފެށިގެން ބޭނުންކުރެވޭނެކަން އެއާލައިންތަކަށްވެސް އަންގާފައި އެވެ.

ބަހްރައިން އާއި ކުވެއިތުގެ ވައިގެ ސަަރަހަައްދު ބަންދުކުރީ މިރޭ ރާއްޖެ ގަޑިން 21:55 ހާއިރު އެވެ. މިއާއިއެކު އެދެގައުމަށްވެސް ދަތުރުކުރަމުންދިޔަ ގިނަ އެއާލައިންތަކެއް ވަނީ ކައިިރި އެހެން އެއާޕޯޓުތަކަށް ޑައިވާޓްކޮށްފައެވެ. މީގެ ތެރޭގައި މިރޭ ރާއްޖެއިން ފުރައިގެން ބަހްރައިނަށް ދަތުރުކުރި މަތިންދާބޯޓެއް ވެސް ހިމެނެއެވެ.

ބަހްރައިންއާއި ކުވެއިތުގެ ވައިގެ ސަރަހައްދު ބަންދުކުރުމުން ގިނަ އެއާލައިންތަކުން ފްލައިޓުތައް ޑައިވާޓްކުރީ އޮމާންގެ މަސްކަޓްއަށެވެ.

މެދުއިރުމައްޗަކީ އެމެރިކާ ބައްރާއި ޔޫރަޕުގެ ދަތުރުވެރިން އޭޝިއާއަށް އައުމަށް ބޭނުންކުރާ މައި ޓްރާންސިޓް ހަބެވެ. އެގޮތުން ގަތަރުގެ ދޯހާ އާއި ޔޫއޭއީގެ ދުބާއީއަކީ އެންމެ ފާހަގަކޮށްލެވޭ ޓްރާންސިޓް މަންޒިލްތަކެވެ.

އިރާނުގެ ހަމަލާއާއި ގުޅިގެން ގަތަރުގެ ވައިގެ ސަރަހައްދު އަދިވެސް ބަންދުކޮށްފައިވާއިރު ޔޫއޭއީގެ ވައިގެ ސަރަހައްދު ކުޑަވަގުތުކޮޅަށް ބަންދުކުރުމަށްފަހު މިހާރު ވަނީ އަލުން ހުޅުވާލާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside