logoEN
WAMCO TOP 1
ލަންކާގައި މިހާރު ތާށިވެފައިވަނީ 1741 ކޮންޓެއިނާ- ސައީދު

ލަންކާގައި މިހާރު ތާށިވެފައިވަނީ 1741 ކޮންޓެއިނާ- ސައީދު

ޖަޒްލާ މުހައްމަދު

logo

4/12/2026, 11:14:52 AM

# މެދުއިރުމަތި# އެމްޕީއެލް# އިކޮނޮމިކް މިނިސްޓްރީ# އެސްޓީއޯ# މުހައްމަދު ސައީދު

އިކޮނޮމިކް މިނިސްޓަރު ސައީދު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔެއަށް ކުރިމަތިވަމުންދާ އިގްތިސޯދީ މައްސަލަތަކުގެ ތެރެއިން ލަންކާގައި ތާށިވެފައި ނުވަތަ އައުން ވްލޮގްވެފައިވާ ކޮންޓެއިނާޓަކުގެ ތެރެއިން މިހާރު ހުރީ 1741 ކޮންޓެއިނާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

THE TRAVELLER AD

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތަކާއި ކުރިމަތިވާ ކަންކަން ޙައްލުކުރުމަށް ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ މީގެކުރިން ލަންކާގައި ތާށިވެފައި ހުރި 4241 ކޮންޓެއިނާގެ ތެރެއިން މިހާރު ހުރީ 1741 ކޮންޓެއިނާ ކަމަށެވެ.

ކޮންޓެއިނާތައް 3 ވަރަކަށް ދުވަސްތެރޭގައި ސާފްކުރެވިފައިވަނީ ހުރިހާ ސްޓޭކް ހޯލްޑަރުން އެމްޕީއެލް، އެސްޓީއޯ އަދި އެމްއެސްސީ ގުޅިގެން ކުރެވުނު މަސައްކަތުގެ ނަތީޖާ އިން ކަމަށް ސައީދު ފާހަގަކުރެއްވި އެވެ.

އިގްތިސޯދީ ދަތިކަމެއްނެތި ކޮންޓެއިނާތައް ގެނައުމުގެ މަސައްކަތްތައް ކުރައްވަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ މިވަގުތު މާލެ ބަނދަރުގަ އޮތް އުޅަނދުގައި 1200 ކޮންޓެއިރުގެ މުދާ ހުރިކަން ފާހަގަކުރައްވާފަ އެވެ.

"ދެން މި ހަފްތާގެ ތެރޭގައި 2500 ކޮންޓެއިނަރު މާލެއަށް އައުމަށް ހަމަޖެހިފައިވާއިރު، މިއަދު 500 ކޮންޓެއިނަރުގެ މުދާ އަދި މާދަމާ އަނެއްކާވެސް 500 ކޮންޓެއިނަރުގެ މުދާ އަދި 14 އޭޕްރީލްގައި 1000 ކޮންޓެއިރުގެ އިތުރަށް 500 ޓީޔޫގެ 1 އުޅަނދު އިތުރަށްވެސް އަންނާނެ" މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން އެއާ ފްލައިޓްތަކުންވެސް މިހާރު އޮޕަރޭޝަން ކުރިއަށްވުރެ ބޮޑަށް ފަށާފައިވާތީ އެއާ ކާގޯ ނުވަތަ އެއާފްލައިޓްކޮށް އަންނަ މުދާތައްވެސް އައުމުގައި އިތުރު ލުއިތަކެއް ލިބިފައިވާކަން ސައީދު ފާހަގަކުރެއްވި އެވެ. އެގޮތުން ކޮލަންބޯގައި ލަސްވެފައި ހުރި ވިޔަފާރިވެރިންގެ މުދާތައް އަވަސްކުރުމުގެ ގޮތުން މިދިޔަ ހަފްތާގައި ވިޔަފާރިވެރިންނާއެކު މަސައްކަތްތަކެއް ކުރެވިފައިވާކަން ސައީދު ވިދާޅުވި އެވެ. މީގެތެރޭގައި މޭވާ ތަރުކާރީ އެތެރެކުރާ ވިޔަފާރިވެރިން އަދި އެކި ކަހަލަ ފްރޯޒަން ބައެއް ކަހަލަ މުދާ އެތެރެކުރާ ވިޔަފާރިވެރިންނާއެކުވެސް މަސައްކަތްތަކެއް ކުރެވިގެންދިޔަކަން ސައީދު ފާހަގަކުރެއްވި އެވެ.\

މިނިސްޓަރު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ލަންކާގައި ތާށިވެފައި ހުރި، އަދި އެކި ސަބަބުތަކާ ހުރެ ތާށިވެފައި ހުރި ކޮންޓެއިނާތައް ކްލިއާވަމުންދާ ކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC