
-
އިޒްރޭލުން އީރާނަށް އަމާޒުކޮށް ދިން އަސްކަރީ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, އިޒްރޭލުން އީރާނަށް އަމާޒުކޮށް ދިން އަސްކަރީ ހަމަލާތަކަކީ އީރާނުގެ އިސްތިގުލާލާއި ބައިނަލްއަގްވާމީ ޤާނޫނުތަކާ ޚިލާފު ހަމަލާތަކެއް ކަމަށާއި, އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
މެދު އިރުމަތީގެ ޤައުމުތަކާއި ރައްޔިތުންގެ ސަލާމަތަށް ނުރައްކާވެ، ނުތަނަވަސްކަން އިތުރުވެފައިވާ ހަމަނުޖެހުންތައް ވަގުތުން ހުއްޓާލުމަށްވެސް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.
ހަމަނުޖެހުންތައް ވަގުތުން ހުއްޓާލުމަށާއި، ސަރަޙައްދުގެ ދެމެހެއްޓެނިވި ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމަށް މަޝްވަރާތައް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.
މި މަހުގެ 1 ވަނަ ދުވަހު އިރާނުން، އިޒުރޭލުގެ އެކި ހިސާބުތަކަށް ފޮނުވާލި މިސައިލް ހަމަލާތަކާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ވަނީ މިއަދު އީރާނަށް ހަމަލާދީފައެވެ. އިޒްރޭލުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ އިރާނުގެ ވެރިރަށް ތެހްރާނާއި އެހެން ސަރަހައްދުތަކުގައި ހުރި އީރާނުގެ އަސްކަރީ މަރުކަޒުތަކަށެވެ.
ގުޅުންހުރި

އިޒްރޭލުން އިރާނަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

ޔަމަނުން އިޒްރޭލަށް އަމާޒުކޮށް މިސައިލްތަކެއް ފޮނުވާލާފައިފި

މެދުއިރުމަތީގެ ހާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި އެމެރިކާއިން ޔޫއޭއީއާއި އެކު ދިފާއީ ގުޅުންތައް ވަރުގަދަކޮށްފި
