logoEN
Sto top
އިރާނުގެ ހަމަލާ ކުށްވެރިކުރަމުންދާ ގައުމުތަކަށް ޚާމަނާއީގެ ރައްދެއް!

އިރާނުގެ ހަމަލާ ކުށްވެރިކުރަމުންދާ ގައުމުތަކަށް ޚާމަނާއީގެ ރައްދެއް!

އަހުމަދު ޝުރާއު

logo

6/23/2025, 7:37:13 PM

# އިރާން - އިސްރާއީލް

އިރާނުން މިރޭ ގަތަރުގައި ހުންނަ އެމެރިކާގެ އަސްަކަރީ މަރުކަޒަކަށް ދިން ހަމަލާ މެދުއިރުމަތީގެ ބޮޑެތި ބާރުތަކުން ކުށްވެރިކުރަމުން ދަނިކޮށް އެފަރާތްތަކަށް އިރާނުގެ އެންމެ މަތީ ލީޑަރު އަލީ ޚާމަނާއީ ރައްދުދެއްވައިފި އެވެ.

Wamco

އިރާނުން މިރޭ ހަމަލާދިނީ ގަތަރުގައި ހުންނަ އެމެރިކާގެ މެދުއިރުމަތީ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު އެއާބޭސް ކަމަށްވާ އަލް އުދީދު އެއާބޭސްއަށެވެ.

މި ހަމަލާއާއި ގުޅިގެން މެދު އިރުމަތީގެ ބޮޑެތި ގައުމުތަކުން ދަނީ އިރާނުން ގަތަރުގެ އިސްތިގްލާލަށް އަރައިގަނެ ބައިނަލަގްވާމީ ގާނޫނު ތަކާއި ހިލާފުވެފައިވާ ކަމަށް ބުނެފައި އެވެ. އެގޮތުން އިރާނު ކުށްވެރިކޮށް ބަޔާން ނެރުނު ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާވެސް ހިމެނެއެވެ.

މިފަދައިން ގަލްފުގެ ގައުމުތަކުން އިރާން ކުށްވެރިކުރަމުން ދަނިކޮށް ޚާމަނާއީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެއްވެސް ގައުމެއްގެ ޙައްޤަކަށް އުނިކަމެއް އަންނަ ފަދަ ކަމެއް އިރާނުން ކޮށްފައިނުވާ ކަމަށެވެ. އަދި ވަކީން ޚާއްސަކޮށް އިރާނުގެ ހައްގަކަށް އަރިގަތުމަށްވެސް އެއްވެސް ބަޔަކަށް ޖާގަ ނުދޭނެ ކަމަށާއި އިރާނަށް ހަމަލާދެމުންދާ މީހުންނަށް އިރާނުގެ ރައްޔިތުންނާއި ސަރުކާރު އަމާން ނުދޭނެ ކަމަށެވެ.

އިރާނުން މިރޭ ދިން ހަމަލާއަކީ އެމެރިކާގެ އަސްކަރީ ޖެޓުތަކެއް އިރާނަށް އިއްޔެ ހެނދުނު ވަދެ އިރާނުގެ 3 ނިއުކްލިއާ ފެސިލިޓީއަކަށް ހަމަލާދިނުމާއި ގުޅިގެން ދިން ރައްދަު ހަމަލާއެކެވެ.

މި ހަމަލާއާއިއެކު ގަލްފްގެ ގައުމުތަކުން ނެރުނު ބަޔާންތަކުގައި ވަނީ ގަތަރުގެ އިސްތިގްލާލަށް އިރާނުން އަރިގަތްކަމަށްބުނެ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައެވެ. އަދި ގަތަރުންވެސް އިރާނުގެ އަމަލުތައް ކުށްވެރިކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside