
އިރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭން ފަށައިފި: ފުރަތަމަ ހަމަލާގައި ގަތަރާއި އިރާގުގައި ހުރި މަރުކަޒުތަކަށް!
# އިރާންއިރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭން ފަށައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިރާނުން މިރޭ ވަނީ ގަތަރާއި އިރާގުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާތައް ދޭން ފަށާފައި އެވެ.
އެގޮތުން އިރާނުން މިހާތަނަށް 6 ވަރަކަށް މިސައިލް ގަތަރުގައި ހުންނަ އެމެރިކާގެ އަލް އުދެއިދް ބޭސްއަށް އަމާޒުކޮށް ފޮނުވާލާފައިވާ ކަމަށް މެދު އިރުމަތީގެ ނޫސްތަކުން ދަނީ ރިޕޯޓުކުރަމުންނެވެ. އަދި އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސްއަށްވެސް ހަމަލާތަކެއް ފޮނުވާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ހަމަލާއާއި ގުޅިގެން އަދި މިހާތަނަށް އެމެރިކާއިން ސީދާ ބަހެއް ބުނެފައި ނުވާއިރު ދާދި ފަހުން އެމެރިކާއިން މި ހަމަލާގެ ބަދަލުގައި އިރާނަށް އަނެއްކާވެސް ހަމަލާތަކެއް ދޭން ފަށާނެ ކަމަށް އެމެރިކާގެ ބައެއް މަސްދަރުތަކުން ދަނީ ބުނަމުންނެވެ.
އިރާނުން ހަމަލާތައް ފަށާފައިމިވަނީ އެމެރިކާގެ އަސްކަރީ ޖެޓުތަކެއް އިރާނަށް އިއްޔެ ހެނދުނު ވަދެ އިރާނުގެ 3 ނިއުކްލިއާ ފެސިލިޓީއަކަށް ހަމަލާދިނުމާއި ގުޅިގެންނެވެ. އެގޮތުން އެހަމަލާތަކަކީ އިސްރާއީލުގެ ފުރިހަމަ އެއްބާރުލުމާއި އެކު ކުރިޔަށް ގެންދިޔަ ކާމިޔާބު އޮޕަރޭޝަނެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ބުނެފައި އެވެ.
އިރާނަށް އެމެރިކާއިން ހަމަލާދިން އިރު އިސްރާއީލާއި ދެމެދު ހިނގަމުންދާ ހަމަލާ ބަދަލުކުރުންތަކުގައި އިރާނުން އެމެރިކާއާއި ގުޅޭ އެއްވެސް ތަނަކަށް އަދި އެމެރިކާގެ ރައްޔިތަކަށްވެސް އަމާޒުކޮށް ހަމަލާދީފައި ނުވެއެވެ. އެހެން ކަމުން އިރާނުން ބުނާގޮތުގައި އެމެރިކާއިން ފުރަތަމަ ހަމަލާތައް ދިނުމުން އިރާނަށް ރައްދު ހަމަލާތައް ދިނުން ހުއްޓުވަން ދައްކާނެ ހުއްޖަތެއް ނެތެވެ.
ގުޅުންހުރި

އިރާނުގެ ހަމަލާއާއި އެކު ބަހްރައިންއާއި ކުވެއިތުގައިވެސް އެއާ ސައިރެންގެ އަޑު!

އިރާނުން ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީމަރުކަޒަށް ހަމަލާދޭން ފެށުމާއިއެކު ގަތަރުގެ ވައިގެ ސަރަހައްދު ބަންދުކޮށްފި

އިރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭން ފަށައިފި: ފުރަތަމަ ހަމަލާގައި ގަތަރާއި އިރާގުގައި ހުރި މަރުކަޒުތަކަށް!
