logoEN
Sto top
އިރާނުގެ ހަމަލާއާއި އެކު ބަހްރައިންއާއި ކުވެއިތުގައިވެސް އެއާ ސައިރެންގެ އަޑު!

އިރާނުގެ ހަމަލާއާއި އެކު ބަހްރައިންއާއި ކުވެއިތުގައިވެސް އެއާ ސައިރެންގެ އަޑު!

އަހުމަދު ޝުރާއު

logo

6/23/2025, 4:51:15 PM

# އިރާން

އެމެރިކާއިން އިއްޔެ އިރާނަށް ދިން ހަމަލާގެ ރައްދުގައި އިރާނުން މިރޭ މެދު އިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ދެކޮޅަށް ފެށި ޚާއްސަ އޮޕަރޭޝަންގައި ބަހްރައިންއާއި ކުވެއިތުގައި އެއާ ސައިރެންގެ އަޑުތައް އެކްޓިވޭޓް ވެފައިވާ ކަމަށް އެގައުމުތަކުން ބުނެފި އެވެ.

Wamco

އެއާ ސައިރެންތަކަކީ ވައިގެ ހަމަލާއެއް އަންނަ ކަމުގެ އިންޒާރު ދޭ ދިފާއީ ނިޒާމަކުން ފޮނުވާ ޚާއްސަ އިންޒާރެކެވެ.

އިރާނުން މިރޭ ވަނީ ގަތަރުގައި ހުންނަ އެމެރިކާގެ އަލް އުދީދު އެއާބޭސްއަށް އަމާޒުކޮށް ގިނަ މިސައިލް ހަމަލާތަކެއް ފޮނުވާލާފައި އެވެ. މި މިސައިލްތަކުގެ ތެރެއިން 3 މިސައިލެއް އެ ބޭސްއަށް އަމާޒުވެފައިވާ ކަމަށް އިރާނުގެ މެހެރް އޭޖެންސީން ވަނީ ރިޕޯޓުކޮށްފައި އެވެ. ނަމަވެސް އެކަން އަދި މިހާތަނަށް ކަށަވަރެއް ނުވެއެވެ.

އިރާނުން މިރޭ ގަތަރުގެ ހުންނަ އެއާ ބޭސްއަށް ފޮނުވާލި ހަމަލާތައް ދަތުރުކޮށްފައިވަނީ ބަހްރައިންގެ ވައިގެ ސަރަހައްދުގެ ތެރެއިން ކަމަށް ރިޕޯޓުތައް ބުނެއެވެ. ބަހްރެއިންގެ އެމެރިކާގެ އަސްކަރީ މަރުކަޒެއް ހުރި ނަމަވެސް އެތަނަށް ހަމަލާދިން ކަމެއް އަދި މިހާތަނަށް ކަށަވަރުވެފައި ނުވުމުން ބެލެވޭ ގޮތުގައި ބަހްރެއިންގައި އެއާ ސައިރެން އެކްޓިވޭޓް ވީ އަލް އުދީދު ބޭސްއަށް ދަތުރުކުރި މިސައިލްތައް ބަހްރައިންގެ ވައިގެ ސަރަހައްދުން ދަތުރުކުރުމާއި ގުޅިގެންނެވެ.

ނަމަވެސް ކުވެއިތުގެ ވައިގެ ސަރަހައްދުން އިރާނުގެ މިސައިލްތައް ދަތުރުކުރިކަން އަދި ކަށަވަރުވެފައިނުވާއިރު ކުވެއިތުގައި އެއާ ސައިރެން އެކްޓިވޭޓްވި ސަބަބެއް ހާމައެއް ނުވެއެވެ. ކުވެއިތަކީ އެމެރިކާގެ ގިނަ ބޭސްތަކެއް ހުންނަ ގައުމަކަށް ވާއިރު އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުގައި ކުވެއިތުގައި އެމެރިކާގެ 9،000 އެއްހާ ސިފައިން ގާއިމްވެ އެބަތިއްބެވެ.

ގަތަރުގެ ވެރިރަށް ދޯހާގެ ހުޅަނގު ދެކުނުގައި ހުންނަ އެމެރިކާގެ އަލް އުދީދު ބޭސް އަކީ އިރާނާއި އެންމެ ގާތް އެއް އެމެރިކާ ބޭސްއެވެ. އަދި އުދީދު ބޭސްއަކީ މެދު އިރުމަތީގައި ހުންނަ އެމެރިކާގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު އެއް އެއާބޭސް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside