
އިރާނުން ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީމަރުކަޒަށް ހަމަލާދޭން ފެށުމާއިއެކު ގަތަރުގެ ވައިގެ ސަރަހައްދު ބަންދުކޮށްފި
# އިރާންގަތަރުގެ ވައިގެ ސަރަހައްދު ބަންދުކޮށްފި އެވެ.

ގަތަރުގެ ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކުރަން ނިންމީ އެ ސަރަހައްދުގައި ހިނގަމުންދާ ކަންކަމާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ކަމަށް ގަތަރުން ވަނީ ބުނެފައި އެވެ.
ގަތަރުން ވައިގެ ސަރަހައްދު ބަންދު ކޮށްފައި މިވަނީ އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ދިން ހަމަލާތަކާ ގުޅިގެން އެމެރިކާއާ ދެކޮޅަށް ބަދަލު ހިފާނެ ކަމުގެ އިންޒާރުތައް އީރާނުން މީގެ ކުރިން ވެސް ތަކުރާރުކޮށްފައި ވަނިކޮށެވެ.
މީގެ އިތުރުން ގަތަރުގައި ހުންނަ އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އެމްބަސީތަކުން ވެސް ވަނީ ވަކި ގޮތެއް އަންގަންދެން އެ ގައުމުތަކުގެ ރައްޔިތުން އެތަނުގައި ހިޔާވަހިކަން ފޯރުކޮށްދިނުމަށް އިލްތިމާސްކޮށްފަ އެވެ.
އަދި ގަތަރުގެ ބައެއް ސްކޫލްތައް ވެސް މާދަމާއަށް ބަންދުކުރަން ވަނީ އަންގާފަ އެވެ.
އިރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިހާރު ވަނީ ހަމަލާތައް ދޭން ފަށާފައި އެވެ. އެގޮތުން ފުރަތަމަ ހަމަލާ އަމާޒުވެފައިމިވަނީ ގަތަރުގެ ވެރިރަށް ދޯހާގެ ހުޅަނގު ދެކުނުގައި ހުންނަ އެމެރިކާގެ އަލް އުދީދު ބޭސްއަށެވެ.
އިރާނުން ހަމަލާތައް ފަށާފައިމިވަނީ އެމެރިކާގެ އަސްކަރީ ޖެޓުތަކެއް އިރާނަށް އިއްޔެ ހެނދުނު ވަދެ އިރާނުގެ 3 ނިއުކްލިއާ ފެސިލިޓީއަކަށް ހަމަލާދިނުމާއި ގުޅިގެންނެވެ. އެގޮތުން އެހަމަލާތަކަކީ އިސްރާއީލުގެ ފުރިހަމަ އެއްބާރުލުމާއި އެކު ކުރިޔަށް ގެންދިޔަ ކާމިޔާބު އޮޕަރޭޝަނެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ބުނެފައި އެވެ.
އިރާނަށް އެމެރިކާއިން ހަމަލާދިން އިރު އިސްރާއީލާއި ދެމެދު ހިނގަމުންދާ ހަމަލާ ބަދަލުކުރުންތަކުގައި އިރާނުން އެމެރިކާއާއި ގުޅޭ އެއްވެސް ތަނަކަށް އަދި އެމެރިކާގެ ރައްޔިތަކަށްވެސް އަމާޒުކޮށް ހަމަލާދީފައި ނުވެއެވެ. އެހެން ކަމުން އިރާނުން ބުނާގޮތުގައި އެމެރިކާއިން ފުރަތަމަ ހަމަލާތައް ދިނުމުން އިރާނަށް ރައްދު ހަމަލާތައް ދިނުން ހުއްޓުވަން ދައްކާނެ ހުއްޖަތެއް ނެތެވެ.
ގުޅުންހުރި

ހަނގުރާމަ މެދުކަނޑާލި ދުވަސްތަކުގެ ބޭނުން އަސްކަރިއްޔާއިން ވަރަށް ރަނގަޅަށް ހިފައިފި، ދެން އިރާނަށް ދޭ ހަމަލާތައް މާވަރުގަދަވާނެ - ޓްރަމްޕު

އިރާނުން މާދަމާގެ ނިޔަލަށް އެމެރިކާއާއިއެކު"ޑީލަކަށް" ނައިސްފި ނަމަ ހަމަލާތައް އަލުން ފަށާނަން - ޓްރަމްޕު

އީރާނާއިއެކު ޑީލަކަށް ނާދެވިއްޖެ ނަމަ ހަމަލާތައް އަލުން ފަށާނަން - އެމެރިކާ




