
ޔޫރަޕުގެ ތިން ގައުމަކުން އިރާނާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ނިންމައިފި އެވެ.

އަލްޖަޒީރާއިން ރިޕޯޓުކުރަމުންދާ ގޮތުގައި ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތާއި އިނގިރޭސިވިލާތުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަލުން އިއާދަކުރުމުގެ މަރުހަލާއެއް އެކްޓިވޭޓްކޮށްފައި މިވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން ގިނަ މަޝްވަރާތަކެއް އެއްބަސްވުމަކަށް ނާދެވުމުންނެވެ.
އީރާނާއި ބޮޑެތި ބާރުތަކާ ދެމެދު 2015 ވަނަ އަހަރު ވެފައިވާ ނިއުކްލިއާ އެއްބަސްވުމުގެ މުއްދަތު އަންނަ އޮކްޓޯބަރަށް ހަމަވާންދާއިރު، އދ.ގެ ދަތިކުރުމުގެ ފިޔަވަޅުތައް އޮކްޓޯބަރު މަހުގެ ތެރޭގައި އިއާދަކުރެވިދާނެ ކަމުގެ އިންޒާރު ޔޫރަޕްގެ ތިން ގައުމުން ތެހެރާނަށް ދެމުން އަންނަތާ އެތައް ހަފުތާއެއް ވެއްޖެ އެވެ.
30 ދުވަހުގެ ތެރޭގައި އަމަލުކުރަން ފަށާން ނިންމާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އާކުރުމުން އޭގެ ނަތީޖާ ގޯސްވާނެކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު މި ހަފުތާގެ ކުރީކޮޅު ވަނީ އިންޒާރުވެސް ދީފައި އެވެ.
ޔޫރަޕްގެ ތިން ބާރުން ވަނީ 2015 ވަނަ އަހަރު އީރާނުގެ އިގްތިސާދަށް އަޅާފައިވާ ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުން ލުޔެއް ދިނުމުގެ ބަދަލުގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ލިމިޓް ކުރަން ޖެހޭ ގޮތަށް އެކުލަވާލި ނިއުކްލިއާ އެއްބަސްވުމުގެ މާއްދާތަކާ އީރާނުން ހިލާފުވެފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
ގުޅުންހުރި

އީރާނާ މެދު ފަހު ގޮތް ނިންމަން ޓްރަމްޕް 'ސިޗުއޭޝަން ރޫމް' އަށް!

ސުލްހައިގެ ވަގުތީ އެއްބަސްވުމާއި ހިލާފުވެ އިރާނުގެ ވައިގެ ސަރަހައްދަށް ވަތް އެމެރިކާގެ ބާރުގަދަ ޑްރޯނެއް ވައްޓާލައިފި

އަބޫ ދާބީގެ ނިއުކްލިއާ ޕަވާރ ޕްލާންޓަކަށް ޑްރޯން ހަމަލާއެއް އަމާޒުވެ ރޯވެ އަނދަނީ




