logoEN
Sto top
އިރާނާއި އިޒްރޭލާއި ދެމެދު ހަމަލާބަދަލުކުރުންތައް ވަރުގަދަކޮށްފި: އެމެރިކާއިން މިއަދުވެސް ހަމަލާއެއް ދީފާނެ ކަމުގެ ރިޕޯޓުތަކެއް!

އިރާނާއި އިޒްރޭލާއި ދެމެދު ހަމަލާބަދަލުކުރުންތައް ވަރުގަދަކޮށްފި: އެމެރިކާއިން މިއަދުވެސް ހަމަލާއެއް ދީފާނެ ކަމުގެ ރިޕޯޓުތަކެއް!

އަހުމަދު ޝުރާއު

logo

6/23/2025, 9:29:56 AM

# އިރާން - އިސްރާއީލް

އިރާނާއި އިސްރާއީލާއި ދެމެދު ހިނގަމުންދާ ހަމަލާ ބަދަލުކުރުންތައް ވަރުގަދަ ވެއްޖެ އެވެ.

Wamco

އިސްރާއީލާއި އިރާނުގެ ނޫސްތަކުން ރިޕޯޓުކުރަމުންދާ ގޮތުގައި ދެފަރާތުންވެސް މިއަދު ދަނީ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންނެވެ. އެގޮތުން އާންމުކޮށް އިސްރާއީލުން މުޅި ދުވަހު އިރާނަށް ހަމަލާދޭ ނަމަވެސް، އެހެން ދުވަސްތަކާއި ހިލާފަށް އިރާނުންވެސް މިއަދު ދަނީ އެތަކެއް ހަމަލާއެއް އިސްރާއީލުގެ ސަރަހައްދުތަކަށް އަމާޒުކުރަމުންނެވެ.

ހަމަލާތައް ވަރުގަދަވެފައިވުމާއި އެކު މިއަދުގެ ހަމަލާތަކުގެ ތެރެއަށް އެމެރިކާއިން ވަނުން އެކަށީގެންވާކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން އަންނަނީ ބުންމުންނެވެ. ސަބަބަކީ އިރާނުން އެގައުމުގެ ފުރިހަމަ ގާބިލްކަމުގައި ހަމަލާތައް ދީފި ނަމަ އިސްރާއީލަށް ހަމަލާތައް ނުހުއްޓުވި އޭގެ އަސަރު ޔަހޫދީންނަށް ވަރަށް ބޮޑަށް ކޮށްފާނެ ތީ އެވެ.

މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި އިރާނަށް އެމެރިކާއިން ދެން ހަމަލާދޭނެ ކަމަށް ބެލެވެނީ މެދު އިރުމަތީގައި އޮތް އެމެރިކާގެ އަސްކަރީ މަނަވަރުތަކުގައި ހުރި ވަރުގަދަ މިސައިލްތައް ބޭނުންކޮށްގެންނެވެ.

އިސްރާއީލުން މިއަދު އެންމެ ބޮޑަށް ހަމަލާތައް ދެމުންދަނީ އިރާނުގެ ވެރިރަށް ތެހެރާނަށެެ. އެގޮތުން އިރާނު ސަރުކާރުގެ މުހިންމު މަރުކަޒުތަކަށް އަމާޒުކޮށް ދަނީ ވައިގެ ހަމަލާތައް ދެމުންނެވެ. އޭގެ ތެރޭގައި އިރާނުގެ ރެޑްކްރެސެންޓު އިމާރާތާއި ލައިވް ބްރޯޑްކާސްޓިން ޓެކްނިކަލް އިމާރާތެއް ހިމެނެއެވެ.

އިރާނުން ވެސް މިއަދުގެ މިވަގުތާއި ހަމައަށް އިސްރާއީލަށް 15 ވަރަކަށް މިސައިލް ހަމަލާދިން އިރު އިސްރާއީލުގެ 5 ސަރަހައްދަކަށް ހަމަލާގެ އަސަރު ވަނީ ކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside