logoEN
Sto top
އިރާނުގެ ފޯޑޯ ނިއުކްލިއާ ފެސިލިޓީއަށް އިސްރާއީލުންވެސް ހަމަލާދީފި

އިރާނުގެ ފޯޑޯ ނިއުކްލިއާ ފެސިލިޓީއަށް އިސްރާއީލުންވެސް ހަމަލާދީފި

އަހުމަދު ޝުރާއު

logo

6/23/2025, 9:22:12 AM

# އިރާން - އިސްރާއީލް

އިރާނުގެ ފޯޑޯ ނިއުކްލިއާ ފެސިލިޓީއަށް އިސްރާއީލުންވެސް ހަމަލާދީފި އެވެ.

Wamco

އެފިސިލިޓީ ހުންނަ ކޫމް ޕްރޮވިންސްގެ ކްރައިސިސް މެނޭޖްމަންޓް ހެޑްކުއާޓާސްގެ ތަރުޖަމާނަކު ވިދާޅުވީ އިޒްރޭލުގެ އަސްކަރިއްޔާއިން އީރާނުގެ ފޯޑޯ ނިއުކްލިއާ ފެސިލިޓީއަށް ހަމަލާދީފައިވާ ކަމަށެވެ.

ތަސްނީމް ނިއުސް އެޖެންސީން ބުނި ގޮތުގައި އެ ފެސިލިޓީ ހުންނަ ސަރަހައްދުގެ ރައްޔިތުންނަށް މި ހަމަލާއާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް ނުރައްކަލެއް ނެތެވެ.

އިޒްރޭލުގެ ބޮޑު ވައިގެ ހަމަލާތަކެއް މިއަދު ފަށާފައިވާއިރު ވެރިރަށް ތެހެރާނާއި ކައިރީގައި ވާ ކަރަޖަށް އަމާޒުކޮށް މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ވަރުގަދަ ހަމަލާތަކެއް ވަނީ ދީފައި އެވެ. ހަމަލާތަކާއި ގުޅިގެން ވެރިރަށް ތެހެރާނުގެ އެކި ސަރަހައްދުތަކުން ދަނީ ދުން އަރަމުންނެވެ.

އިރާނުގެ ގިނަ ޗެނަލްތަކަކަށް ލައިވް ބްރޯޑްކާސްޓްކުރުމަށް އެހީތެރިވެދޭ ޓެކްނިކަލް އިމާރާތަކަށްވެސް ޔަހޫދީން ހަމަލާދީފައިވާއިރު ދައުލަތުގެ ޓީވީގެ ލައިވް ފީޑުވެސް ވަނީ އެތައް މިނެޓެއް ވަންދެން ހުއްޓިފައި އެވެ.

މީގެ އިތުރުން އެވިން ޖަލުގެ މައި ދޮރާއްޓަށާއި ރެޑް ކްރެސެންޓް ސޮސައިޓީގެ އިމާރާތަކަށް ވެސް ޔަހޫދީން ވަނީ ބޮން އަޅާފަ އެވެ.

ފޯޑޯ ފެސިލިޓީއަށް އެމެރިކާއިން އިއްޔެ ވަނީ ހަމަލާދީފައި އެވެ. ނަމަވެސް އިއްޔެގެ ހަމަލާ ދިނުމުގެ ކުރީން އެތަނުގައި ހުރި ނިއުކްލިއާ ސާމާނުތައް އެހެން ތަނަކަށް ބަދަލުކޮށްފައިވާކަން އިރާނުގެ މަސްދަރުތަކުން ވަނީ ބުނެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside