
އިސްރަށްވެހިންނަށް ގަސްއިންދަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި
# އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒު--
ކޮމިއުނިޓީ ގާރޑްނިންގ ގެ ނަމުގައި ގަސްއިންދަން ދަސްކޮށްދިނުމުގެ އިސްރަށްވެހިންނަށް ޕްރޮގްރާމެއް ފަށައިފި އެވެ.

މި ޕްރޮގްރާމަކީ މޯލްޑިވްސް އޮސްޓްރޭލިއާ އެލުމްނައި އާއި އިސްރަށްވެހިންގެ ނާދީ ގުޅިގެން އިސްރަށްވެހިންގެ ނާދީ މެންބަރުންނަށް އަމާޒުކޮށްގެން ފެށި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި 25 އިސްރަށްވެހިން ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުން ޖުލައި 9 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހެއްގެ ހަވީރު 16:00 އިން 17:30 އަށް އިސްރަށްވެހިންގެ ނާދީގައެވެ.
އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ.
އެގޮތުން އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް، އިސްރަށްވެހިންގެ ނާދީގެ ނަންބަރު 3027586 ގުޅުއްވުމަށް އިސްރަށްވެހިންގެ ނާދީން ވަނީ އެދިފައެވެ.
ގުޅުންހުރި

ތުލުސްދޫ "އިސްރަށްވެހިންގެ ހިޔާވަހި" ގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި

އިސްރަށްވެހިންނަށް ގަސްއިންދަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި

އިސްރަށްވެހިންގެ މަރުކަޒަށް ބޭނުންވާ މެޝިނަރީޒް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި




