
އިސްރަށްވެހިންގެ މަރުކަޒަށް ބޭނުންވާ މެޝިނަރީޒް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި
# އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒުމާލެ ސަރަހައްދުގައި ގާއިމުކޮށްފައިވާ އިސްރަށްވެހިންގެ ނާދީ
އިސްރަށްވެހިންގެ މަރުކަޒަށް ބޭނުންވާ މެޝިނަރީޒް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފިއެވެ.

މާލެ ސަރަހައްދުގައި އިމާރާތްކުރެވިފައިވާ އިސްރަށްވެހިންގެ އިޖުތިމާއީ މަރުކަޒު "ނާދީތަމައްދުން" އަށް ބޭނުންވާ މެޝިނަރީޒް ހޯދަން އަނެއްކާވެސް އިއުލާނުކޮށްފައިމިވަނީ, ކުރިން ކުރި އިއުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ ކަމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް އިން މިއަދު ކުރި އިއުލާނުގައި ބުނެފައިވެއެވެ.
އެހެން ކަމުން މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވައި އަންދާސީ ހިސާބު ހުށަހެޅުމަށް އެ ވުޒާރާއަށް ވަޑައިގެން ދެއްވުމަށް އެދިފައިވެއެވެ.
މި ބީލަމާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުމަށްވެސް އެ ވުޒާރާއިން އެދިފައިވެއެވެ.
މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ކަމަށާއި, ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 7 މެއި 2024 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން ރަޖިސްޓްރީކުރެއްވުމަށްވެސް އެއިއުލާނުގައި ބުނެފައިވެއެވެ.
ގުޅުންހުރި

ތުލުސްދޫ "އިސްރަށްވެހިންގެ ހިޔާވަހި" ގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފި

އިސްރަށްވެހިންނަށް ގަސްއިންދަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފި

އިސްރަށްވެހިންގެ މަރުކަޒަށް ބޭނުންވާ މެޝިނަރީޒް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި




