
އިރާނުގެ ރެޑްކްރެސެންޓުގެ މައި މަރުކަޒަށް ޔަހޫދީން ބޮން އަޅައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ދާދި ދެންމެ އަކު ޔަހޫދީ އަސްކަރިއްޔާގެ ޖެޓުތަކުން އިރާނުގެ ވައިގެ ސަރަހައްދަށްވަދެ ހިންގި އޮޕަރޭޝަނެއްގައި ތެހެރާނުގައި ހުންނަ އީރާނުގެ ރެޑް ކްރެސެންޓްގެ މައި މަރުކަޒަށް ވަނީ ބޮމުގެ ހަމަލާތަކެއް ދީފައި އެވެ.
އަލްޖަޒީރާއިން ރިޕޯޓުުރަމުންދާ ގޮތުގައި އިޒްރޭލާއި އީރާނާ ދެމެދު ދޭ ހަމަލާތައް ވަރުގަދަވެފައިވާއިރު، އިޒްރޭލުން ދެންމެ ވަނީ ތެހެރާނާއި އެހެނިހެން އެކި ސިޓީތަކުގައި ބޮމުގެ ހަމަލާތަކެއް ދީފައި އެވެ.
ތެހެރާނުގެ ހުޅަނގުން އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ޕްރޮފެސަރު ފޯޑް އިޒާދީ ވިދާޅުވީ، އިޒްރޭލުގެ މިސައިލް ހަމަލާއެއް ހޮސްޕިޓަލެއް ކައިރީގައި ދިން ކަމަށާއި، އެ ސަރަހައްދުން ދުން އަރަމުންދާ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.
މި ހަމަލާތައް ދީފައިވަނީ އިޒްރޭލަށް އަމާޒުކޮށް އީރާނުން ފޮނުވާލި މިސައިލާއި ޑްރޯން ހަމަލާތަކުގެ ސަބަބުން އިޒްރޭލުގެ ހަތަރު ތަނަކަށް އަސަރުކޮށްފައި ވަނިކޮށެވެ.
ގުޅުންހުރި

އިރާނުން މިއަދު ހެނދުނު ދިން ހަމަލާއެއްގައި މަރާލި 4 ޔަހޫދީންގެ ތެރޭގައި ސިފައިންގެ މީހެއް ހިމެނޭ!

ހަމަލާތައް ހުއްޓުލަން ޖެހޭ ހާލަތެއް އަދި ނެތް، ހަމަލާތައް ހުއްޓާލުމުގެ އެއްވެސް ހުށަހެޅުމެއް ނުލިބޭ - އިރާން

ހަމަލާތައް ހުއްޓާލަން އިރާނާއި އިސްރާއީލުން އެއްބަސްވެއްޖެ - ޓްރަމްޕު
