
-
އިރާނުން އދ ގެ ނިއުކްލިއާ އިދާރާ ކަމަށްވާ އައިއޭއީއޭ އާއިއެކު ގުޅުންތައް ކަނޑާލުމުގެ މަސައްކަތް ފަށާފައިވާކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ޕްރެސިޑިއަމްގެ މެމްބަރެއް ކަމަށްވާ ރުހުالله މޮޓެފަކަރްޒާދާ ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ އދ.ގެ ނިއުކްލިއާ ކަންކަން ބަލަހައްޓާ އިދާރާއާ އެކު އީރާނުގެ ގުޅުން ކަނޑާލާ ގޮތަށް ހުށަހަޅާފައިވާ ހުށަހެޅުން އީރާނުގެ ގާނޫނު ހަދާ މަޖިލީހުން ދިރާސާ ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން، އީރާނުގެ މީޑިއާތަކުން ފާހަގަކޮށްފައިވާ ގޮތުގައި، މި ބައިނަލްއަގްވާމީ ޖަމިއްޔާގެ ޕްރޮފެޝަނަލް ކޮންޑަކްޓްގެ ހަރުދަނާ ޔަގީންކަން ލިބެންދެން އައިއޭއީއޭއާ އެކު އޮންނަ އެއްބާރުލުން މެދުކަނޑާލުމަށް ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބަކަރް ކަލިބާފް ވަނީ އަމާޒު ހިފާފަ އެވެ. ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް ތެހެރާނުން ނުގެންގުޅޭ ކަމަށް ވެސް ކަލިބާފް ވިދާޅުވި އެވެ.
"އެޓޮމިކް އެނާޖީ އެޖެންސީގެ އެއްވެސް މަސްއޫލިއްޔަތެއް އަދާނުކޮށް، ސިޔާސީ ހަތިޔާރަކަށް ވެފައިވާ ކަން މުޅި ދުނިޔެއަށް ވަރަށް ސާފުކޮށް އެބަ ފެނޭ،" އޭނާ ވިދާޅުވި އެވެ.
މީގެ ދުވަސްކޮޅެއް ކުރިން އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވަނީ އައިއޭއީއޭގެ ވެރިޔާ ރަފައެލް ގްރޮސީ އާއި އައިއޭއީއޭ މައްޗަށް މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި ބައިވެރިވާ ކަމަށް ތުހުމަތުކޮށް، އީރާނުގެ ނިއުކްލިއާ ހަރަކާތްތަކާ ބެހޭ ގޮތުން އެ މީހުން "ބަޔަސްޑް" ރިޕޯޓް ކުރުމަކީ އިޒްރޭލަށް ހަމަލާއެއް ދޭން "ބަހަނާއެއް" ކަމަށް ބުނެފަ އެވެ.
ގުޅުންހުރި

އިރާނުގެ ހަމަލާއާއި އެކު ބަހްރައިންއާއި ކުވެއިތުގައިވެސް އެއާ ސައިރެންގެ އަޑު!

އިރާނުން ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީމަރުކަޒަށް ހަމަލާދޭން ފެށުމާއިއެކު ގަތަރުގެ ވައިގެ ސަރަހައްދު ބަންދުކޮށްފި

އިރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދޭން ފަށައިފި: ފުރަތަމަ ހަމަލާގައި ގަތަރާއި އިރާގުގައި ހުރި މަރުކަޒުތަކަށް!
