logoEN
Sto top
އެމެރިކާގެ ހަމަލާ ނާކާމިޔާބު، ނިއުކްލިއާ ފެސިލިޓީއަށް މާބޮޑު ގެއްލުމެއް ނުލިބޭ - އިރާން

އެމެރިކާގެ ހަމަލާ ނާކާމިޔާބު، ނިއުކްލިއާ ފެސިލިޓީއަށް މާބޮޑު ގެއްލުމެއް ނުލިބޭ - އިރާން

އަހުމަދު ޝުރާއު

logo

6/22/2025, 3:01:31 AM

# އިރާން - އިސްރާއީލް

އެމެރިކާއިން އެގައުމުގެ އެންމެ ވަރުގަދަ ހަތިޔާރު ކަމަށްވާ ބަންކަރު ބަސްޓާ ބޮމް ބޭނުންކޮށްގެން އިރާނަށް ދިން ހަމަލާ ނާކާމިޔާބު ކަމަށް އިރާނުން ބުނެފި އެވެ.

Wamco

އެމެރިކާއިން މިއަދު ހެނދުނު ހަމަލާދީފައިވަނީ އިރާނުގެ އެންމެ މުހިންމު ނިއުކްލިއާ ޕްލާންޓުތައް ކަމަށްވާ ފޯޑޯ، ނަތާންޒް އަދި އިޝްފާހްގެ ނިއުލްލިއާ ފެސިލިޓީތަކަށެވެ.

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބަގޭރު ޣާލިބާފްގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ މަހުދީ މުހައްމަދީ ވިދާޅުވީ ފޯޑޯއަށް އެމެރިކާ އިން ދިން ހަމަލާއަށް އީރާން އޮތީ ތައްޔާރަށް ކަމަށާއި ހަމަލާ އަމާޒުވުމުގެ ކުރީން އެތަނުގައި ތިބި މުވައްޒަފުން އެތަނުން ހުސްކުރި ކަމަށެވެ.

އަދި މި ހަމަލާގައި އެމެރިކާއަށް އެމީހުންގެ މަގްސަދު ހާސިލް ނުވި ކަމަށާއި ހަމަލާގައި އެ ފެސިލިޓީއަށް މާ ބޮޑު ގެއްލުންތަކެއް ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އިރާނުގެ އެންމެ މަތީ ފަންތީގެ ފެސިލިޓީތަކަށް ހަމަލާ ދިނުމަކީ ފަސޭހަ ކަމެއް ނޫންކަމަށާއި އެކަން އެމެރިކާއިން ދަންނަން ޖެހޭނެ ކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

އެހެންނަމަވެސް މި ހަމަލާއާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ބުނީ އެމެރިކާއިން ހަމަލާދީފައިވަނީ އިރާނުގެ ތިން ނިއުކްލިއާ ފެސިލިޓީއަކަށް ކަމަށެވެ. އަދި އެ ހަމަލާ ކާމިޔާބުކަމަށްވެސް ވަނީ ބުނެފައި އެވެ. އަދި މި ހަމަލާއާއިއެކު އިރާނުގެ ނިއުކްލިއާ ޕްރޮގްރާމް އެއްކޮށްހެން ނައްތާލާފައިވާކަމަށް ޓްރަމްޕު ވަނީ ބުނެފައި އެވެ.

އިސްރާއީލުގެ ޕަބްލިކް ބްރޯޑްކާސްޓަރު ބުނާ ގޮތުގައި މި ހަމަލާއަކީ އެމެރިކާއިން އިސްރާއީލާއިއެކު ވަރަށް ބޮޑަށް ކޯޑިނޭޓްކޮށްގެން ދިން ހަމަލާއެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside