logoEN
PNC TOP 3
ހަނގުރާމަ ރަސްމީކޮށް ފެށިއްޖެ - އިރާން

ހަނގުރާމަ ރަސްމީކޮށް ފެށިއްޖެ - އިރާން

އަހުމަދު ޝުރާއު

logo

6/22/2025, 2:50:08 AM

# އިރާން - އިސްރާއީލް

ހަނގުރާމަ ރަސްމީކޮށް ފެށިފައިވާ ކަމަށް އިރާނުގެ އަސްކަރިއްޔާއިން އިއުލާނުކޮށްފި އެވެ.

PNC MID 2

އިރާނުެ އަސްކަރިއްޔާއިން ހަނގުރާމަ އިއުލާނުކުރީ އެމެރިކާއާއި އިސްރާއީލާއި ދެކޮޅަށެވެ.

އެގޮތުން ހަމަލާތަކުގެ ތެރެއަށް އެމެރިކާއިން ނުވަނުމަށާއި ވަދެފި ނަމަ އެމެރިކާއަށް ވޭންދެނެވި ހަމަލާތަކެއް ދޭނެ ކަމަށް އިރާނުން އިންޒާރު ދީފައިވަނިކޮށް އެމެރިކާގެ ބީ2 މަތިންދާބޯޓުތަކުން ވަނީ މިއަދު ހެނދުނު އިރާނުގެ އެންމެ ބޮޑު ނިއުކްލިއާ ޕްލާންޓުތަކަށް ހަމަލާދީފައިއެވެ.

މި ހަމަލާއާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ބުނީ އެމެރިކާއިން ހަމަލާދީފައިވަނީ އިރާނުގެ ތިން ނިއުކްލިއާ ފެސިލިޓީއަކަށް ކަމަށެވެ. އަދި އެ ހަމަލާ ކާމިޔާބުކަމަށްވެސް ވަނީ ބުނެފައި އެވެ. އަދި މި ހަމަލާއާއިއެކު އިރާނުގެ ނިއުކްލިއާ ޕްރޮގްރާމް އެއްކޮށްހެން ނައްތާލާފައިވާކަމަށް ޓްރަމްޕު ވަނީ ބުނެފައި އެވެ.

ކަށަވަރުވެފައިވާ ރިޕޯޓުތައް ބުނާގޮތުގައި އެމެރިކާގެ ހަމަލާ އަމާޒުކޮށްފައިވަނީ އިރާނުގެ ފޯރޑޯ ނިއުކްލިއާ ޕްލާންޓާއި ނަތާންޒް ނިއުކްލިއާ ޕްލާންޓު އަދި އިޝްފާހް ނިއުކްލިއާ ޕްލާންޓަށެވެ.

އިސްރާއީލުގެ ޕަބްލިކް ބްރޯޑްކާސްޓަރު ބުނާ ގޮތުގައި މި ހަމަލާއަކީ އެމެރިކާއިން އިސްރާއީލާއިއެކު ވަރަށް ބޮޑަށް ކޯޑިނޭޓްކޮށްގެން ދިން ހަމަލާއެކެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC