logoEN
Sto top
އެމެރިކާއިން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާ ދީފި

އެމެރިކާއިން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާ ދީފި

އަހުމަދު ޝުރާއު

logo

6/22/2025, 2:36:19 AM

# އިރާން - އިސްރާއީލް

އެމެރިކާއިން އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާ ދީފި އެވެ.

Wamco

ރިޕޯޓުތައް ބުނާގޮތުގައި މިއަދު ހެނދުނު އެމެރިކާއިން އިރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދޭން ބޭނުންކުރީ އެމެރިކާގެ ވައިގެ އަސްކަރިއްޔާއަށް އުފެއްދި ބަންކަރު ބަސްޓާ ބޮންތަކެވެ.

މި ހަމަލާއާއި ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ބުނީ އެމެރިކާއިން ހަމަލާދީފައިވަނީ އިރާނުގެ ތިން ނިއުކްލިއާ ފެސިލިޓީއަކަށް ކަމަށެވެ. އަދި އެ ހަމަލާ ކާމިޔާބުކަމަށްވެސް ވަނީ ބުނެފައި އެވެ. އަދި މި ހަމަލާއާއިއެކު އިރާނުގެ ނިއުކްލިއާ ޕްރޮގްރާމް އެއްކޮށްހެން ނައްތާލާފައިވާކަމަށް ޓްރަމްޕު ވަނީ ބުނެފައި އެވެ.

ކަށަވަރުވެފައިވާ ރިޕޯޓުތައް ބުނާގޮތުގައި އެމެރިކާގެ ހަމަލާ އަމާޒުކޮށްފައިވަނީ އިރާނުގެ ފޯރޑޯ ނިއުކްލިއާ ޕްލާންޓާއި ނަތާންޒް ނިއުކްލިއާ ޕްލާންޓު އަދި އިޝްފާހް ނިއުކްލިއާ ޕްލާންޓަށެވެ.

އިސްރާއީލުގެ ޕަބްލިކް ބްރޯޑްކާސްޓަރު ބުނާ ގޮތުގައި މި ހަމަލާއަކީ އެމެރިކާއިން އިސްރާއީލާއިއެކު ވަރަށް ބޮޑަށް ކޯޑިނޭޓްކޮށްގެން ދިން ހަމަލާއެކެވެ.

އިތުރު ތަފްސީލް އަންނަނީ …

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside