logoEN
Sto top
ކުލަބު ވޯލްޑްކަޕް: އިންޓަ މިލާން އަތުން ބަލިވެ އުރެވާ ރެޑްސް މުބާރާތުން ކަޓައިފި

ކުލަބު ވޯލްޑްކަޕް: އިންޓަ މިލާން އަތުން ބަލިވެ އުރެވާ ރެޑްސް މުބާރާތުން ކަޓައިފި

ހަސަން ޝަމްއޫން

logo

6/22/2025, 1:20:18 AM

# އުރުވާ ރެޑްސް# އިންޓަ މިލާން# ބޭރު ދުނިޔޭގެ ކުޅިވަރު

ެިއިންޓަ މިލާނާއި އުރުވާ ރެޑްސް ވާދަކުރި މެޗުގެ ތެރެއިން..

އެމެރިކާގައި މިހާރު ކުރިއަށްދާ ކުލަބް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އީގައި ރޭ އިޓަލީގެ އިންޓަ މިލާން އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެ ބާކީ އެއްމެޗު އޮއްވައި ޖަޕާނުގެ އުރަވާ ރެޑްސް މުބާރާތުން ކަޓައިފިއެވެ.

Wamco

މުބާރާތުގައި އިންޓަ މިލާން ކުޅުނު ފުރަތަމަ މެޗުގައި މޮޓެރޭ އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައިވާއިރު، އުރަވާ ރެޑްސްގެ ފުރަތަމަ މެޗުގައި ރިވަރ ޕްލޭޓް އަތުން އެޓީމު ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ އިންޓަ މިލާނުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އުރަވާ ރެޑްސް އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު ރިޔޯމާ ވަތަނަބޭ އެވެ.

މިއީ އެޓީމުގެ މިޑްފީލްޑަރު ޓަކުރޯ ކަނޭކޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑަށްފަހު އެޓީމުގެ ފަރާތުން ރޭވުންތެރިކަމާއެކު މޮޅު ޑިފެންސިވް ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި އިންޓަ މިލާނަށް އެޓީމުގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.

މެޗުގެ ދެވަނަ ހާފުގައި އިންޓަ މިލާނުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން މެޗުގެ ނަތީޖާ އެއްވަރުކުރީ މެޗުގެ 78 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ލައުޓާރޯ މާޓިނޭޒް އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި މިޑްފީލްޑަރު ނިކޮލޯ ބަރެއްލާ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ވެއްޓިގެންފައި އޯވަހެޑް ކިކަކުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑެކެވެ.

މިމެޗުން އިންޓަ މިލާން މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ވެލެންޓިން ކާބޯނީ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން އިންޓަ މިލާން ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން އިންޓަ މިލާނަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ގުރޫޕްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި އުރުވާ ރޭޑްސް ކުޅުނު ދެމެޗުން ވެސް ބަލިވެފައިވާއިރު ބާކީ އެއްމެޗު އޮއްވައި އެޓީމު ވަނީ މުބާރާތުން ކަޓާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside