
ޣައްޒާއިން އިންޓަނެޓްގެ ހިދުމަތް ކަނޑާލައިފި އެވެ.

ޣައްޒާގެ ހަަބަރުތައް އެންމެ ތާޒާކަމާއި އެކު ގެނެސްދޭ ގުދުސް ނިއުސް ނެޓްވޯކުން ދާދި ދެންމެ އަކު ރިޕޯޓުކޮށްފައިވާ ގޮތުގައި ޣައްޒާގެ ގަވަރުނަރާއި ޣައްޒާގެ އުތުރުން، އިންޓަނެޓްގެ ހިދުމަތް ވަނީ މުޅިން ކަނޑާލާފައެވެ.
އެހެން ބައެއް ރިޕޯޓުތައް ބުނާގޮތުގައި ޣައްޒާއިން އިންޓަނެޓްގެ ހިދުމަތް ކަނޑާލާފައިވަނީ އިސްރާއީލު އަސްކަރިއްޔާއިން ޣައްޒާގައި މިއަދު ކުރިޔަށް ގެންދާ ޚާއްސަ " އޮޕަރޭޝަނަކާއި" ގުޅިގެންނެވެ.
އިތުރު ތަފްސީލް އަންނަނީ ..
ގުޅުންހުރި

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ހައިހޫނުކަމުގައި ޣައްޒާއިން 11 މަރު!

ޔަހޫދީން ހަމަލާތައް ހުއްޓާނުލައިފި ނަމަ އިނގިރޭސިވިލާތުން ފަލަސްތީނު ދައުލަތް ރަސްމީކޮށް ބަލައިގަންނާނެކަން ހާމަކޮށްފި

ޣައްޒާއިން މިއަދު ޝަހީދުވި މީހުންގެ އަދަދު 100 އިން މައްޗަށް!
