logoEN
Sto top
ނަޝީދު އެމްޑީޕީއާއި އަލުން ގުޅޭ ޖަލްސާ ބޭއްވުމަށް ސަރުކާރުން ސަލްޓަން ޕާކު ހަމަޖައްސައިދީފި

ނަޝީދު އެމްޑީޕީއާއި އަލުން ގުޅޭ ޖަލްސާ ބޭއްވުމަށް ސަރުކާރުން ސަލްޓަން ޕާކު ހަމަޖައްސައިދީފި

އަހުމަދު ޝުރާއު

logo

6/20/2025, 4:17:57 PM

# އެމްޑީޕީ

ސަލްޓަން ޕާކުގައި މީގެ ކުރީން އެމްޑީޕީން ބޭއްވި ހަރަކާތެއްގެ ތެރެއިން - ފޮޓޯ: އަދަދު ނޫސް

އެމްޑީޕީގެ ޖަލްސާއެއް މާލޭގައި ބޭއްވުމަށް ތަނެއް ހަމަޖެއްސުމުގައި ސަރުކާރުން ހުރަސްއަޅަމުންދާކަމަށް އެޕާޓީން ބުނެފައި ވަނިކޮށް އެޖަލްސާ ބޭއްވުމަށް ސަރުކާރުން ތަނެއް ހަމަޖައްސައިދީފި އެވެ.

Wamco

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ ބޭފުޅުންތަކެއް އެ ޕާޓީއާ ގުޅިވަޑައިގެންނެވުން ފާހަގަކޮށް މަރުހަބާދެންނެވުމަށް ހަފުލާއެއް ބޭއްވުމަށާއި، އެ ޕާޓީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި އެކި އިވެންޓްތައް ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް ކުރި މަސައްކަތަށް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުރަސް އަޅަމުން ގެންދާ ކަމަށް ރޭ ބުނެފައި އެވެ.

މިފަދައިން ފައްޔާޒު ވިދާޅުވެފައިވަނިކޮށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު އަބްދުالله މުއްތަލިބު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އިވެންޓެއް ބޭއްވުމަށް މާލެއިން ތަނެއް ހަމަނުޖެހިގެން ތަނެއް ހޯދުމަށް އެދިފައިވާތީ ސަލްޓަން ޕާކުގެ އިވެންޓް ބާއްވާ ތަން އެޕާޓީއިން އެދިފައިވާ ގޮތަށް ދިނުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސަލްޓަން ޕާކަކީ މަރާމާތުކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން އެދިގެން މާލޭ ސިޓީ ކައުންސިލުން ޙަވާލުކޮށްފައިވާ ތަނަކަށްވާތީ އެތަން އެމިނިސްޓްރީން މިހާތަނަށް ކުއްޔަށް ދީފައިނުވާނެ ކަމަށާއި އަދި ކުއްޔަށް ދިނުމަށް އުޞޫލެއް ކަޑައަޅާފައިވެސް ނުވާނެ ކަމަށެވެ. ނަމަވެސް އެތަން ދިނުމަށް ނިންމީ އެމްޑީޕީން އެކަމަށް އެދިފައިވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފައްޔާޒު ރޭ ކުރެއްވި ޕޯސްޓުގައި ވަނީ އެ ހަފްލާތައް ބޭއްވުމަށް އެއްވެސް ތަނެއް ހަމަޖެހިފައިނުވާތީ، 23 ޖޫން 2025 ދުވަހުގެ ނިޔަލަށް އިތުރު ތަނެއް ހަމަނުޖެހިއްޖެނަމަ، މުލީއާގޭ ކަންމަތީގައި އެޖަލްސާ ބޭއްވުމަށް ގަސްތުކުރާ ކަމަށްވެސް ބުނެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside