logoEN
Sto top
ކުލަބު ވޯލްޑްކަޕް: ޕީއެސްޖީ ބަލިކޮށް ބޮޓަފޯގޯ ގުރޫޕްގެ އެއްވަނައަށް

ކުލަބު ވޯލްޑްކަޕް: ޕީއެސްޖީ ބަލިކޮށް ބޮޓަފޯގޯ ގުރޫޕްގެ އެއްވަނައަށް

ހަސަން ޝަމްއޫން

logo

6/20/2025, 9:12:14 AM

# ފީފާ ކުލަބު ވޯލްޑްކަޕް 2025# ބޮޓަފޯގޯ# ބޭރު ދުނިޔޭގެ ކުޅިވަރު# ޕީއެސްޖީ

ޕީއެސްޖީ އާއި ބޮޓަފޯގޯ ވާދަކުރި މެޗުގެ ތެރެއިން

އެމެރިކާގައި މިހާރު ކުރިއަށްދާ ކުލަބް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ބީގައި މިއަދު ހެނދު ކުޅުނު މެޗުގައި 1-0 ގެ ނަތީޖާއަކުން ޔޫރަޕްގެ ޗެންޕިއަން ޕީއެސްޖީ ބަލިކޮށް ބްރެޒިލްގެ ޗެންޕިއަން ބޮޓަފޯގޯ އިން ގުރޫޕްގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

Wamco

މުބާރާތުގައި ޕީއެސްޖީ ކުޅުނު ފުރަތަމަ މެޗުގައި 4-0 ގެ ނަތީޖާއަކުން އެތްލެޓިކޯ މެޑްރިޑް އަތުން މޮޅުވެފައިވާއިރު، ބޮޓަފޯގޯގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ 2-1 ގެ ނަތީޖާއަކުން ސިއެޓަލް ސައުންޑާސް ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޕީއެސްޖީ އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިހާފުގައި ބޮޓަފޯގޯގެ ގޯލާއި އަމާޒުކޮށް އެޓީމަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. އަދި މެޗުގެ 36 ވަނަ މިނެޓުގައި ބޮޓަފޯގޯ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް އިގޯ ޖިސޫސް އެވެ. މިއީ އެޓީމުގެ ވެނަޒުއޭލާ ފޯވާޑް ޖެފްރަސަން ސަވަރީނޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ބޮޓަފޯގޯ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ޕީއެސްޖީ އިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރި ނަމަވެސް މިހާފުގައި ވެސް އެޓީމުން އުފެއްދި ހަމަލާތަކުގެ ތެރެއިން ގޯލައި އަމާޒުކޮށް ފޮނިވާލެވިފައި ވަނީ އެންމެ ހަމަލާއެކެވެ. އަދި މުޅި މެޗުގައި ވެސް ބޮޓަފޯގޯގެ ފަރާތުން ރޭވުންތެރިކަމާއެކު ތަފާތު މޮޅު ޑިފެންސިވް ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ.

މިނަތީޖައެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ބޮޓަފޯގޯ މިވަގުތު ގުރޫޕްގެ އެއްވަނައިގައި އޮތްއިރު މިމެޗުން ބަލިވި ޕީއެސްޖީއަށް ދެމެޗުން ލިބުނު ތިން ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ދެވަނައިގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside