
ކުލަބު ވޯލްޑްކަޕް: ފުރަތަމަ ހާފުގައި ކާމިޔާބުކުރި ދެލަނޑާއެކު ސިޓން ވިދާދް ބަލިކޮށްފި
# ބޭރު ދުނިޔޭގެ ކުޅިވަރު# ފީފާ ކުލަބު ވޯލްޑްކަޕް 2025# ވިދާދް# މެންޗެސްޓާރ ސިޓީމެންޗެސްޓާ ސިޓީގެ ޖެރަމީ ޑޮކޫ ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
އެމެރިކާގައި މިހާރު ކުރިއަށްދާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ޖީގައި ޕްރެމިއާ ލީގުގެ މެންޗެސްޓާ ސިޓީއާއި މޮރޮކޯގެ ވިދާދް އެތްލެޓިކް ކުލަބު ވާދަކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މެންޗެސްޓާ ސިޓީން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ މެންޗެސްޓާ ސިޓީން މެޗު ޑޮމިނެޓްކުރިއިރު މެޗު ފެށިގެން ދެވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި މިޑްފީލްޑަރު ފިލް ފޮޑެން އެވެ.
މިއީ އެޓީމުގެ ބްރެޒިލް ފޯވާޑް ސަވީނިހޯ ގޯލުކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ވިދާދްގެ ކީޕަރު އަތުގައި ޖެހިފައިނުކުތް ބޯޅަ މުޅިން ހުސްކޮށްހުރެ ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށއދިން ލަނޑެކެވެ.
ސިޓީން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ފޮޑެން ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކޮށްދިނީ ބެލްޖިއަމް ވިންގާ ޖެރަމީ ޑޮކޫ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވިދާދް އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް ވަރުގަދަކުރިއިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އަދި މެޗުގެ 88 ވަނަ މިނެޓުގައި ސިޓީގެ ޒުވާން ޑިފެންޑަރު ރިކޯ ލުއިސް ކުރި ފައުލަކާއި ގުޅިގެން މެޗުގެ ރެފްރީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައިވާއިރު، އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.
ގުޅުންހުރި

ކުލަބު ވޯލްޑްކަޕް: ފަހަތުން އަރައި ފްލެމެންގޯ އިން ޗެލްސީ ބަލިކޮށްފި

ކުލަބު ވޯލްޑްކަޕް: ޕީއެސްޖީ ބަލިކޮށް ބޮޓަފޯގޯ ގުރޫޕްގެ އެއްވަނައަށް

ކުލަބު ވޯލްޑްކަޕް: ރެއާލް މެޑްރިޑާއި އެއްވަރުކޮށް އަލް ހިލާލުން ސައުދީ ލީގުގެ ފެންވަރު ދައްކާލައިފި
