
ކުލަބު ވޯލްޑްކަޕް: މޮންޓެރޭއިން އިންޓަ މިލާން މޮޅުވިޔަނުދީ ހިފަހައްޓައިފި
# މޮންޓެރޭ# ބޭރު ދުނިޔޭގެ ކުޅިވަރު# ފީފާ ކުލަބު ވޯލްޑްކަޕް 2025# އިންޓަ މިލާންމޮންޓެރޭއާއި އިންޓަ މިލާން ވާދަކުރި މެޗުގެ ތެރެއިން...
އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކުލަބް ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އީގައި މިއަދު މެކްސިކޯގެ މޮންޓެރޭއި އާއި އިޓަލީގެ އިންޓަ މިލާން ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ މޮންޓެރޭ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމު ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް އެވެ.
މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި މިޑްފީލްޑަރު އޮލިވާ ޓޮރޭސް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
އިންޓަ މިލާނުން ނަތީޖާ އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އާޖެންޓީނާ ފޯވާޑް ލައުޓާރޯ މާޓިނޭޒް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިފެންދިޔައިރު، މިހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިދިކޮޅު ޓީމުގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ. އަދި މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
ގުޅުންހުރި

ކުލަބު ވޯލްޑްކަޕް: ފަހަތުން އަރައި ފްލެމެންގޯ އިން ޗެލްސީ ބަލިކޮށްފި

ކުލަބު ވޯލްޑްކަޕް: ޕީއެސްޖީ ބަލިކޮށް ބޮޓަފޯގޯ ގުރޫޕްގެ އެއްވަނައަށް

ކުލަބު ވޯލްޑްކަޕް: ރެއާލް މެޑްރިޑާއި އެއްވަރުކޮށް އަލް ހިލާލުން ސައުދީ ލީގުގެ ފެންވަރު ދައްކާލައިފި
