
އިރާނުގެ ދައުލަތުގެ ޓީވީއަށް ހަމަލާދިނީ ލައިވްކޮށް ހަބަރު ގެނެސްދެމުން ދަނިކޮށް: ގިނަ ބަޔަކު ޝަހީދުވެފައިވާ ކަމަށް ބެލެވޭ!
# އިރާން - އިސްރާއީލް-
އިރާނުގެ ދައުލަތުގެ ޓީވީއަށް ހަމަލާދިނީ ލައިވްކޮށް ހަބަރު ގެނެސްދެމުން ދަނިކޮށެވެ. ހަބަރު ގެނެސްދެމުން ދިޔައީ އިރާނުގެ އެންމެ މަގްބޫލު އަންހެން ޕްރެސެންޓަރު ސަހަރް އިމާމީ އެވެ.

އެގޮތުން މި މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު އަންނަނީ މީސް މީޑިއާގައި ދައުރުވަމުންނެވެ. ހަމަލާއާއިއެކު ސްޓޫޑިއޯއަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބުނު މަންޒަރު ވަނީ ފެނިގެން ގޮސްފައި އެވެ.
މި ހަމަލާ ދީފައި މިވަނީ އީރާނުގެ ދައުލަތުގެ ބްރޯޑްކާސްޓަރު ނައްތާލާނެ ކަމުގެ އިންޒާރު އިސްރާއީލުގެ ދިފާއީ ވަޒީރު ޔަސްރައެލް ކާޓްޒް ފާޅުގައި ދީފައި ވަނިކޮށެވެ. މިއަދު ހަވީރު ކާޓްޒް ވަނީ "އީރާނުގެ ޕްރޮޕެގެންޑާ އާއި ހިތްވަރު ދިނުމުގެ މައުތުޕީސް ނެތި ދިއުމާ ގާތަށް ގޮސްފައިވާ" ކަމުގެ އިންޒާރު ދެއްވާފަ އެވެ.
ހަމަލާ ދިނުމުގެ ކުރިން އިސްރާއީލުން ވަނީ ހެޑްކުއާޓަރުގެ ކައިރީގައި އޮންނަ ސަރަހައްދު ހުސްކުރުމަށް އެންގުމެއްވެސް އަންގާފައި އެވެ.
ބައެއް ރިޕޯޓުތައް ބުނާގޮތުގައި މި ހަމަލާގައި ގިނަ ބަޔަކު ޝަހީދުވި ކަމުގެ ބިރު އެބައޮތެވެ. އަދި ހަމަލާ ދިން ވަގުތަކީ ގިނަ ބަޔަކު އެ އިމާރާތުގައި ތިބި ވަގުތެއް ކަމަށްވެސް ރިޕޯޓުތަށް ބުނެއެވެ.
ގުޅުންހުރި

އިރާނުން މިއަދު ހެނދުނު ދިން ހަމަލާއެއްގައި މަރާލި 4 ޔަހޫދީންގެ ތެރޭގައި ސިފައިންގެ މީހެއް ހިމެނޭ!

ހަމަލާތައް ހުއްޓުލަން ޖެހޭ ހާލަތެއް އަދި ނެތް، ހަމަލާތައް ހުއްޓާލުމުގެ އެއްވެސް ހުށަހެޅުމެއް ނުލިބޭ - އިރާން

ހަމަލާތައް ހުއްޓާލަން އިރާނާއި އިސްރާއީލުން އެއްބަސްވެއްޖެ - ޓްރަމްޕު
