logoEN
Sto top
އިރާނުގެ ދައުލަތުގެ ޓީވީއާއި ރޭޑިއޯ ހިންގާ އިމާރާތަށް ޔަހޫދީން ހަމަލާދީފި

އިރާނުގެ ދައުލަތުގެ ޓީވީއާއި ރޭޑިއޯ ހިންގާ އިމާރާތަށް ޔަހޫދީން ހަމަލާދީފި

އަހުމަދު ޝުރާއު

logo

6/16/2025, 3:10:45 PM

# އިރާން - އިސްރާއީލް

އިރާނުގެ ދައުލަތުގެ ޓީވީއާއި ރޭޑިއޯ ހިންގާ އިމާރާތަށް ޔަހޫދީން ހަމަލާދީފި އެވެ.

Wamco

މައުލޫމާުތު ލިބޭގޮތުގައި ތެހެރާނުގައި ހުންނަ އިސްލާމިކް ރިޕަބްލިކް އޮފް އީރާން ބްރޯޑްކާސްޓިންގ އިމާރާތަށް ޔަހޫދީން ވައިގެ ހަމަލާއެއެްދިނީ ދާދި ދެންމެ އަކުއެވެ.

މިހާރު ދައުރުވަމުންދާ ވީޑިއޯއިން ހާމަވެފައިވާގޮތުގައި ޔަހޫދީން އެއިމާރާތް ހަމަލާދިން ވަގުތަކީ އިރާނުގެ ޓީވީން ލައިވްކޮށް ހަބަރު ބްރޯޑްކާސްޓުކުރަމުން ދިޔަ ވަގުތެކެވެ. އެގޮތުން ހަބަރު ގެނެސްދެމުން ދިޔައީ އިރާނުގެ އެންމެ މަގްބޫލު އަންހެން ޕްރެސެންޓަރު ސަހަރް އިމާމީ އެވެ.

ހަމަލާއާއިއެކު ސްޓޫޑިއޯއަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބުނު މަންޒަރު ވަނީ ފެނިގެން ގޮސްފައި އެވެ.

މި ހަމަލާ ދީފައި މިވަނީ އީރާނުގެ ދައުލަތުގެ ބްރޯޑްކާސްޓަރު ނައްތާލާނެ ކަމުގެ އިންޒާރު އިސްރާއީލުގެ ދިފާއީ ވަޒީރު ޔަސްރައެލް ކާޓްޒް ފާޅުގައި ދީފައި ވަނިކޮށެވެ. މިއަދު ހަވީރު ކާޓްޒް ވަނީ "އީރާނުގެ ޕްރޮޕެގެންޑާ އާއި ހިތްވަރު ދިނުމުގެ މައުތުޕީސް ނެތި ދިއުމާ ގާތަށް ގޮސްފައިވާ" ކަމުގެ އިންޒާރު ދެއްވާފަ އެވެ.

ހަމަލާ ދިނުމުގެ ކުރިން އިސްރާއީލުން ވަނީ ހެޑްކުއާޓަރުގެ ކައިރީގައި އޮންނަ ސަރަހައްދު ހުސްކުރުމަށް އެންގުމެއްވެސް އަންގާފައި އެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުގައި މި ހަމަލާގައި ގިނަ ބަޔަކު ޝަހީދުވި ކަމުގެ ބިރު އެބައޮތެވެ. އަދި ހަމަލާ ދިން ވަގުތަކީ ގިނަ ބަޔަކު އެ އިމާރާތުގައި ތިބި ވަގުތެއް ކަމަށްވެސް ރިޕޯޓުތަށް ބުނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside