
އިސްރާއީލަށް ޖާސޫސުކޮށްދެމުންދިޔަ އިތުރު ބަޔަކު އިރާނުން އަތުލައިގެނެފި: އެކަކަށް މަރުގެ އަދަބުދީފި
# އިރާން - އިސްރާއީލްއިސްރާއީލަށް ޖަސޫސުކޮށްދެމުންދިޔަ ބަޔަކު އިރާނުން އަތުލައިގެނެފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިސްރާއީލުގެ ޖާސޫސީ މައި އިދާރާ މޮސާޑްގެ އެޖެންޓުންތަކެއް އިރާނުން ހައްޔަރުކުރީ ސެކިއުރިޓީ އޮޕަރޭޝަނެއް ހިންގަން ތައްޔާރުވަމުން ދަނިކޮށެވެ. އެގޮތުން ހަދަމުން ދިޔަ އިމާރާތެއްގައި އޮޕަރޭޝަނަކަށް ތައްޔާރުވަމުން ދަނިކޮށް އިރާނުގެ ސަލާމަތީ ބާރުތަކުން ވަނީ މޮސާޑަށް ގިނަ ދުވަސްތަކެއް ވަންދެން އެހީތެރިވަމުންދިޔަ އެޖެންޓުންތައް ހައްޔަރުކޮށްފައި އެވެ.
އަތުލައިގަތް މީހުންގެ މައްސަލަ ތަހުގީގުކޮށް ވަރަށް އަވަހަށް ހުކުމްކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން އިރާނަށް ގައްދާރުވުމުގެ ކުށުގެ އަދަބަކީ މަރުގެ އަދަބެވެ.
ފާއިތުވި ދެ ދުވަހުގެ ތެރޭގައިވެސް އިރާނުން ވަނީ އިސްރާއީލަށް ޖާސޫސުކޮށްދެމުން ދިޔަ އިތުރު ބަޔަކުވެސް ހައްޔަރުކޮށްފައި އެވެ. އަދި އެކަކުގެ މައްޗަށް ސުޕްރީމް ކޯޓުން ކުށް ސާބިތުވުމާއި އެކު މަރުގެ އަދަބު ދިނުމަށް ކުރި ހުކުމް މިހާރު ވަނީ ތަންފީޒުކޮށްފައި އެވެ.
އެގޮތުން މިއަދު މަރުގެ އަދަބު ދިނީ އިސްރާއީލުގެ މޮސާޑަށް ޖާސޫސް ކުރި ކަމަށް ތުހުމަތު ކުރެވޭ އިސްމާއިލް ފިކުރީއަށެވެ. އޭނާއަކީ އިރާނުގެ ރައްޔިތެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވީ އިޒްރޭލުގެ ޖާސޫސީ އިދާރާއާ ގުޅިގެން ފައިސާއަށް އީރާނާ ބެހޭ ސިއްރު އަދި ނާޒުކު މައުލޫމާތު ފޯރުކޮށްދިނުމުގެ ކުށުގަ އެވެ. މައްސަލައިގެ ކޭސް ފައިލްގައިވާ ގޮތުން އޭނާ ވަނީ މޮސާޑްގެ ދެ އެޖެންޓުންނާ ގުޅިގެން މަސައްކަތްކޮށްފައި އެވެ.
ގުޅުންހުރި

އިރާނުން މިއަދު ހެނދުނު ދިން ހަމަލާއެއްގައި މަރާލި 4 ޔަހޫދީންގެ ތެރޭގައި ސިފައިންގެ މީހެއް ހިމެނޭ!

ހަމަލާތައް ހުއްޓުލަން ޖެހޭ ހާލަތެއް އަދި ނެތް، ހަމަލާތައް ހުއްޓާލުމުގެ އެއްވެސް ހުށަހެޅުމެއް ނުލިބޭ - އިރާން

ހަމަލާތައް ހުއްޓާލަން އިރާނާއި އިސްރާއީލުން އެއްބަސްވެއްޖެ - ޓްރަމްޕު
