
އިރާނުގެ މިސައިލެއް ހައިފާއެއް ވެއްޓި ގިނަ އަދަދެއްގެ ޔަހޫދީން ޒަހަމްވެއްޖެ - އިސްރާއީލުގެ މީޑިއާތައް
# އިރާން - އިސްރާއީލްއިރާނުގެ މިސައިލެއް ހައިފާއެއް ވެއްޓި ގިނަ އަދަދެއްގެ ޔަހޫދީން ޒަހަމްވެފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކުރަން ފަށައިފި އެވެ.

އިސްރާއީލުގެ އެމްބިއުލާންސް ސާވިސްއާއި ހަވާލާދީ އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މިރޭ ހައިފާއަށް އަމާޒުވި މިސައިލް ހަމަލާއާއި އެކު ގިނަ އަދަދެއްގެ ޔަހޫދީންނަށް ޒަހަމްވެގެން ކަމާބެހޭ ފަރާތްތަކުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މިކަން އަލްޖަޒީރާއިން ވެސް އަންނަނީ ރިޕޯޓުކުރަމުންނެވެ.
ނަމަވެސް އިޒްރޭލުގެ ނޭޝަނަލް އިމަޖެންސީ ސާވިސް އިން ރިޕޯޓްކުރާ ގޮތުގައި އީރާނުގެ މިސައިލް ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އުތުރުގައި އޮންނަ ހައިފާގައި ޒަހަމްވީ ހަތަރު މީހަކެވެ. އިޒްރޭލުގެ ނޭޝަނަލް އިމަޖެންސީ ސާވިސްއިން މިފަދައިން ބުނި ނަމަވެސް އެސަރަހައްދުގައި 10 ވަރަކަށް އެމްބިއުލާންސް އެބައޮތް ކަން އިސްރާއީލުގެ މީޑިއާތަކުން ވަގުތުން ބްރޯޑްކާސްޓު ކުރަމުންދާ މަންޒަރުތަކުން ފެނެއެވެ.
އިސްރާއީލުގެ މީޑިއާތަކުން ބުނާގޮތުގައި ހައިފާއަށް ދިން ހަމަލާގައި ދެ އިމާރާތެއް ބިމާއި ހަމަވެފައިވާއިރު އިމާރާތްތަކުގެ ދަށުގައި ޔަހޫދީންތަކެއް ތާށިވެފައި ތިބެދާނެ ކަމުގެ ފުރުސަތު ބޮޑެވެ. މިއާއިއެކު ރެސްކިއު ސާވިސްތަކުން ދަނީ އެކަން އެސެސް ކުރަމުންނެވެ.
އިރާނުން މިރޭ ދިން ހަމަލާ އިސްރާއީލުގެ ހައިފާއާއި ތެލްއަވީވްގެ ބައެއް ތަންތަނަށް ވަނީ އަމާޒުވެފައި އެވެ. ހައިފާގައި ހަމަލާ އަމާޒުވި ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ހައިފާގައި ހުރި ޔަހޫދީންގެ ދެ އިމާރާތެއް ވަނީ އެއްކޮށް ބިމާއި ހަމަވެފައި އެވެ. އަދި ވަރުގަދަ އަލިފާންގަނޑެއް ރޯވެފައިވާއިރު އަލިފާން ނިއްވުމަށް އިސްރާއީލުގެ ފަޔާ ފައިޓަރުން ކުރަމުންދާ މަސައްކަތް އަދި ކާމިޔާބުވާ ގޮތެއް ނުވެއެވެ.
މިއީ މިއަދު އިރާނުން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި ދެވަނަ ހަމަލާއެވެ. ފާއިތުވި ދެދުވަހާއި ހިލާފަށް އިރާނުން މިއަދު ވަނީ އިސްރާއީލަށް ދުވާލުގެ ވަގުތުގައި ވެސް މިސައިލްއާއި ރޮކެޓު ބޭނުންކޮށްގެން ހަމަލާއެއް ފޮނުވާލާފައި އެވެ. މި ހަމަލާތައް އިރާނުން އަމާޒުކުރީ އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކާއި އިސްރާއީލު ސަރުކާރުގެ އިމާރާތްތަކަށެވެ. މިއާއިއެކު އިސްރާއީލު ސަރުކާރާއި އަސްކަރިއްޔާއިން ވަނި އެހަމަލާތަކުގައި ލިބުނު ގެއްލުންތައް ދުނިޔެއަށް ސިއްރުކޮށްފައި އެވެ.
ގުޅުންހުރި

އިރާނުން މިއަދު ހެނދުނު ދިން ހަމަލާއެއްގައި މަރާލި 4 ޔަހޫދީންގެ ތެރޭގައި ސިފައިންގެ މީހެއް ހިމެނޭ!

ހަމަލާތައް ހުއްޓުލަން ޖެހޭ ހާލަތެއް އަދި ނެތް، ހަމަލާތައް ހުއްޓާލުމުގެ އެއްވެސް ހުށަހެޅުމެއް ނުލިބޭ - އިރާން

ހަމަލާތައް ހުއްޓާލަން އިރާނާއި އިސްރާއީލުން އެއްބަސްވެއްޖެ - ޓްރަމްޕު
