logoEN
Sto top
އިސްރާއީލުގެ ވައިގެ ސަރަހައްދު މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި

އިސްރާއީލުގެ ވައިގެ ސަރަހައްދު މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި

އަހުމަދު ޝުރާއު

logo

6/15/2025, 5:58:58 PM

# އިރާން - އިސްރާއީލް

--

އިސްރާއީލުގެ ވައިގެ ސަރަހައްދު މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފި އެވެ.

Wamco

އިޒްރޭލުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ އެގައުމުގެ ވައިގެ ސަރަހައްދާއި އެއާޕޯޓުތައް މުޅިން ބަންދުކުރަން ނިންމިކަން ދާދި ދެންމެ އަކު އިއުލާނުކޮށްފައެވެ.

މި އެންގުން އެންގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އިރާނުން އިސްރާއީލަށް ފޮނުވާލި މިސައިލް ހަމަލާއެއްގައި އިސްރާއީލުގެ އެއާޕޯޓަކަށް ގެއްލުންވެފައިވާ ކަމަށް ބައެއް ރިޕޯޓުތައް ދަނީ ބުނަމުންނެވެ. ނަމަވެސް މިކަން އަދި މިހާތަނަށް ރަސްމީކޮށް ކަށަވަރުވެފައި ނުވެއެވެ.

ވައިގެ ސަރަހައްދާއި އެއާޕޯޓުތައް ބަންދުކުރަން އިސްރާއީލުން ނިންމި އިރު އިއްޔެއިން ފެށިގެން އިސްރާއީލުގެ މައި އެއާޕޯޓު ބެން ގޫރިއަން އެއާޕޯޓު ވަނީ މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފައި އެވެ.

މިރޭގެ ހަމަލާ އިސްރާއީލުގެ ހައިފާއާއި ތެލްއަވީވްގެ ބައެއް ތަންތަނަށް ވަނީ އަމާޒުވެފައި އެވެ. ހައިފާގައި ހަމަލާ އަމާޒުވި ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ހައިފާގައި ހުރި ޔަހޫދީންގެ ދެ އިމާރާތެއް ވަނީ އެއްކޮށް ބިމާއި ހަމަވެފައި އެވެ. އަދި ވަރުގަދަ އަލިފާންގަނޑެއް ރޯވެފައިވާއިރު އަލިފާން ނިއްވުމަށް އިސްރާއީލުގެ ފަޔާ ފައިޓަރުން ކުރަމުންދާ މަސައްކަތް އަދި ކާމިޔާބުވާ ގޮތެއް ނުވެއެވެ.

މިއީ މިއަދު އިރާނުން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި ދެވަނަ ހަމަލާއެވެ. ފާއިތުވި ދެދުވަހާއި ހިލާފަށް އިރާނުން މިއަދު ވަނީ އިސްރާއީލަށް ދުވާލުގެ ވަގުތުގައި ވެސް މިސައިލްއާއި ރޮކެޓު ބޭނުންކޮށްގެން ހަމަލާއެއް ފޮނުވާލާފައި އެވެ. މި ހަމަލާތައް އިރާނުން އަމާޒުކުރީ އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކާއި އިސްރާއީލު ސަރުކާރުގެ އިމާރާތްތަކަށެވެ. މިއާއިއެކު އިސްރާއީލު ސަރުކާރާއި އަސްކަރިއްޔާއިން ވަނި އެހަމަލާތަކުގައި ލިބުނު ގެއްލުންތައް ދުނިޔެއަށް ސިއްރުކޮށްފައި އެވެ.

އިސްރާއީލުންވެސް މިއަދު އިރާނުގެ އެކި ތަންތަނަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު އިރާނުން ޝަހީދުވި މީހުންގެ އަދަދުވެސް ދަނީ މަތިވަމުންނެވެ. އެގޮތުން ފާއިތުވި ތިން ދުވަހުން އިރާނުގެ 120 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައިއެވެ. އިސްރާއީލުން ބުނާގޮތުގައި އިރާނަށް ހަމަލާދެމުންދަނީ އިރާނުން އިސްރާއީލަށް ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތުމުންނެވެ. އެގޮތުން އިރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަމުންދާކަމަށާއި ހަމަލާތަކުގައި މައި އަމާޒަކީ އެތަންތަން ކަމަށް އިސްރާއީލުން ބުނެއެވެ. އިސްރާއީލުން އިރާނަށް ދިން ހަމަލާތަކުގައި އިރާނުގެ ގިނަ އަދަދެއްގެ ސައިންޓިސްޓުން ވަނީ ޝަހީދުކޮށްލާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside