logoEN
Sto top
އިސްރާއީލު ދޫކޮށް އަވަހަށް ދިޔުމަށް އިސްރާއީލުގެ އާންމުންނަށް އިރާނުން ކުއްލި އެންގުމެއް އަންގައިފި

އިސްރާއީލު ދޫކޮށް އަވަހަށް ދިޔުމަށް އިސްރާއީލުގެ އާންމުންނަށް އިރާނުން ކުއްލި އެންގުމެއް އަންގައިފި

އަހުމަދު ޝުރާއު

logo

6/15/2025, 5:52:13 PM

# އިރާން - އިސްރާއީލް

ރައްދު ހަމަލާތައް ވަރުގަދަ ކޮށްފައިވުމުން ޔަހޫދީ ރައްޔިތުން އިސްރާއީލު ދޫކޮށް އަވަހަށް ދިޔުމަށް އިރާނުން އިލްތިމާސްކޮށްފި އެވެ.

Wamco

އިރާނުގެ ދައުލަތުގެ މީޑިއާއިން ދާދި ދެންމެ އަކު ގެނެސްދިން އަސްކަރިއްޔާގެ ޚާއްސަ އެންގުމެއްގައި ބުނީ އިސްރާއީލުން ހިފާފައިވާ ފަަލަސްތީނުގެ ބިން ދޫކޮށް ޔަހޫދީން ވީ އެންމެ އަވަހަކަށް ދިޔުމަށް އަންގާ ކަމަށެވެ. އަދި މިވަގުތުވެސް އިސްރާއީލުގެ ސަރުކާރު އިމާރާތްތަކާއި އަސްކަރިއްޔާގެ އިމާރާތްތަކާއި ވީހާވެސް ދުރަކަށް ދިޔުމަށް އަންގާކަމަށެވެ.

މި އިންޒާރު އިރާނުން ދިންތާ 10 މިނެޓުވެސް ނުވަނީސް އިރާނުން ވަނީ އިސްރާއީލަށް އަމާޒުކޮށް ބެލިސްޓިކް މިސައިލް ހަމަލާއެއް ފޮނުވާލާފައި އެވެ.

އަދި މި ހަމަލާ އިސްރާއީލުގެ ހައިފާއާއި ތެލްއަވީވްގެ ބައެއް ތަންތަނަށް ވަނީ އަމާޒުވެފައި އެވެ. ހައިފާގައި ހަމަލާ އަމާޒުވި ސަރަހައްދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ހައިފާގައި ހުރި ޔަހޫދީންގެ ދެ އިމާރާތެއް ވަނީ އެއްކޮށް ބިމާއި ހަމަވެފައި އެވެ. އަދި ވަރުގަދަ އަލިފާންގަނޑެއް ރޯވެފައިވާއިރު އަލިފާން ނިއްވުމަށް އިސްރާއީލުގެ ފަޔާ ފައިޓަރުން ކުރަމުންދާ މަސައްކަތް އަދި ކާމިޔާބުވާ ގޮތެއް ނުވެއެވެ.

މިއީ މިއަދު އިރާނުން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި ދެވަނަ ހަމަލާއެވެ. ފާއިތުވި ދެދުވަހާއި ހިލާފަށް އިރާނުން މިއަދު ވަނީ އިސްރާއީލަށް ދުވާލުގެ ވަގުތުގައި ވެސް މިސައިލްއާއި ރޮކެޓު ބޭނުންކޮށްގެން ހަމަލާއެއް ފޮނުވާލާފައި އެވެ. މި ހަމަލާތައް އިރާނުން އަމާޒުކުރީ އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކާއި އިސްރާއީލު ސަރުކާރުގެ އިމާރާތްތަކަށެވެ. މިއާއިއެކު އިސްރާއީލު ސަރުކާރާއި އަސްކަރިއްޔާއިން ވަނި އެހަމަލާތަކުގައި ލިބުނު ގެއްލުންތައް ދުނިޔެއަށް ސިއްރުކޮށްފައި އެވެ.

އިސްރާއީލުންވެސް މިއަދު އިރާނުގެ އެކި ތަންތަނަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު އިރާނުން ޝަހީދުވި މީހުންގެ އަދަދުވެސް ދަނީ މަތިވަމުންނެވެ. އެގޮތުން ފާއިތުވި ތިން ދުވަހުން އިރާނުގެ 120 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައިއެވެ. އިސްރާއީލުން ބުނާގޮތުގައި އިރާނަށް ހަމަލާދެމުންދަނީ އިރާނުން އިސްރާއީލަށް ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތުމުންނެވެ. އެގޮތުން އިރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަމުންދާކަމަށާއި ހަމަލާތަކުގައި މައި އަމާޒަކީ އެތަންތަން ކަމަށް އިސްރާއީލުން ބުނެއެވެ. އިސްރާއީލުން އިރާނަށް ދިން ހަމަލާތަކުގައި އިރާނުގެ ގިނަ އަދަދެއްގެ ސައިންޓިސްޓުން ވަނީ ޝަހީދުކޮށްލާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside