logoEN
Sto top
އިރާނުން ހަމަލާދިނުން : ތެލް އަވީވްއަށް ދިން ހަމަލާވެސް އަމާޒަށް ވާސިލުވި!

އިރާނުން ހަމަލާދިނުން : ތެލް އަވީވްއަށް ދިން ހަމަލާވެސް އަމާޒަށް ވާސިލުވި!

އަހުމަދު ޝުރާއު

logo

6/15/2025, 5:49:24 PM

# އިރާން - އިސްރާއީލް

-

މީގެ އިރުކޮޅެއް ކުރީން އިރާނުން އިސްރާއީލަށް ދިން މިސައިލް ހަމަލާގައި މިސައިލެއް ވެރިރަށް ތެލް އަވީވްގެ އަމާޒަކަށް ވާސިލުވެފައިވާކަމަށް އިރާނުގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.

Wamco

އިރާނުގެ އަސްކަރިއްޔާއިން މިރޭ ދައުލަތުގެ މީޑިއާ މެދުވެރިކޮށް ބްރޯޑްކާސްޓު ކުރި މެސެޖެއްގައި ބުނީ މިރޭގެ ހަމަލާ އަމާޒުކޮށްފައިވަނީ ނިރުބަވެރި އިސްރާއީލުގެ ވެރިރަށް ތެލް އަވީވް އާއި ބަނދަރު ސިޓީއެއް ކަމަށްވާ ހައިފާއަށް ކަމަށެވެ. އެގޮތުން ފޮނުވާލި ބައެއް މިސައިލްތައް އަމާޒުތަކަށް ވާސިލުވި ކަމަށާއި ތެލް އަވީވް އާއި ހައިފާއަށްވެސް ހަމަލާގައި ގެއްލުން ލިބުނުކަން ކަށަވަރުވެފައިވާކަމަށް އިރާނު އަސްކަރިއްޔާއިން ވަނީ ބުނެފައި އެވެ.

އިސްރާއީލު މީޑިއާތަކުންވެސް ދަނީ ތެލް އަވީވްގެ ބައެއް ތަންތަނަށް މިސައިލްތައް އަމާޒުވިކަމަށް ބުނެ ރިޕޯޓުކުރަމުންނެވެ. ނަމަވެސް ސީދާ އަމާޒުވި ތަންތަނުގެ ތަފްސީލެއް އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ.

މިރޭގެ ހަމަލާގައިވެސް އެންމެ ބޮޑު ގެއްލުންތަކެއް ލިބިފައިވަނީ ހިފާފައިވާ ހައިފާއަށެވެ. އެގޮތުން ހައިފާގައި އާންމުން ދިރިއުޅޭ ސަރަހައްދަކަށް މިސައިލް ހަމަލާ އަމާޒުވެ ދެ އިމާރާތެއް ވަނީ ބިމާ ހަމަވެފައި އެވެ. އަދި ވަރުގަދަ އަލިފާންގަނޑެއް ރޯވެފައިވާއިރު އަލިފާން ނިއްވުމަށް އިސްރާއީލުގެ ފަޔާ ފައިޓަރުން ކުރަމުންދާ މަސައްކަތް އަދި ކާމިޔާބުވާ ގޮތެއް ނުވެއެވެ.

މި ހަމަލާއާއި ގުޅިގެން ޒަހަމްވި ޔަހޫދީން ހޮސްޕިޓަލުތަކަށް ގެންދިޔުމަށް ގިނަ އަދަދެއްގެ އެމްބިއުލާންސްތައް އެސަރަހައްދަށް ދާ މަންޒަރު ފެންނަ ވީޑިއޯއެއް އިސްރާއީލުގެ މީޑިއާތަކުން ވަނީ ދެންމެ އާންމުކޮށްފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside