logoEN
Sto top
އިރާނުން ހައިޕާސޮނިކް މިސައިލަކުން ހައިފާއަށް ހަމަލާދީފި: ހައިފާގައި އަލިފާން ރޯވެ އަނދަނީ

އިރާނުން ހައިޕާސޮނިކް މިސައިލަކުން ހައިފާއަށް ހަމަލާދީފި: ހައިފާގައި އަލިފާން ރޯވެ އަނދަނީ

އަހުމަދު ޝުރާއު

logo

6/15/2025, 5:44:09 PM

# އިރާން - އިސްރާއީލް

އިރާނުން ހައިޕާސޮނިކް މިސައިލަކުން ހައިފާއަށް ހަމަލާދީފި އެވެ.

Wamco

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އިރާނުން ފޮނުވާލި ހައިޕަސޮނިކް ބެލިސްޓިކް މިސައިލެއް ދާދި ދެންމެ އަކު ވަނީ ހައިފާއަށް އަމާޒުވެފައި އެވެ. އަދި މި ހަމަލާ ހުއްޓުވުމަށް އިސްރާއީލު އަސްކަރިއްޔާއިން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާކަންވެސް ވަނީ ރިޕޯޓުކޮށްފައި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި މިސައިލް ހަމަލާގައި ހައިފާގައި ހުރި ޔަހޫދީންގެ ދެ އިމާރާތެއް ވަނީ އެއްކޮށް ބިމާއި ހަމަވެފައި އެވެ. އަދި ވަރުގަދަ އަލިފާންގަނޑެއް ރޯވެފައިވާއިރު އަލިފާން ނިއްވުމަށް އިސްރާއީލުގެ ފަޔާ ފައިޓަރުން ކުރަމުންދާ މަސައްކަތް އަދި ކާމިޔާބުވާ ގޮތެއް ނުވެއެވެ.

މި ހަމަލާއާއި ގުޅިގެން ޒަހަމްވި ޔަހޫދީން ހޮސްޕިޓަލުތަކަށް ގެންދިޔުމަށް ގިނަ އަދަދެއްގެ އެމްބިއުލާންސްތައް އެސަރަހައްދަށް ދާ މަންޒަރު ފެންނަ ވީޑިއޯއެއް އިސްރާއީލުގެ މީޑިއާތަކުން ވަނީ ދެންމެ އާންމުކޮށްފައި އެވެ.

މިއީ މިއަދު އިރާނުން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި ދެވަނަ ހަމަލާއެވެ. ފާއިތުވި ދެދުވަހާއި ހިލާފަށް އިރާނުން މިއަދު ވަނީ އިސްރާއީލަށް ދުވާލުގެ ވަގުތުގައި ވެސް މިސައިލްއާއި ރޮކެޓު ބޭނުންކޮށްގެން ހަމަލާއެއް ފޮނުވާލާފައި އެވެ. މި ހަމަލާތައް އިރާނުން އަމާޒުކުރީ އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކާއި އިސްރާއީލު ސަރުކާރުގެ އިމާރާތްތަކަށެވެ. މިއާއިއެކު އިސްރާއީލު ސަރުކާރާއި އަސްކަރިއްޔާއިން ވަނި އެހަމަލާތަކުގައި ލިބުނު ގެއްލުންތައް ދުނިޔެއަށް ސިއްރުކޮށްފައި އެވެ.

އިސްރާއީލުންވެސް މިއަދު އިރާނުގެ އެކި ތަންތަނަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު އިރާނުން ޝަހީދުވި މީހުންގެ އަދަދުވެސް ދަނީ މަތިވަމުންނެވެ. އެގޮތުން ފާއިތުވި ތިން ދުވަހުން އިރާނުގެ 120 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައިއެވެ. އިސްރާއީލުން ބުނާގޮތުގައި އިރާނަށް ހަމަލާދެމުންދަނީ އިރާނުން އިސްރާއީލަށް ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތުމުންނެވެ. އެގޮތުން އިރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަމުންދާކަމަށާއި ހަމަލާތަކުގައި މައި އަމާޒަކީ އެތަންތަން ކަމަށް އިސްރާއީލުން ބުނެއެވެ. އިސްރާއީލުން އިރާނަށް ދިން ހަމަލާތަކުގައި އިރާނުގެ ގިނަ އަދަދެއްގެ ސައިންޓިސްޓުން ވަނީ ޝަހީދުކޮށްލާފައި އެވެ.

އިސްރާއީލުގެ ހަމަލާތަކުގެ ރައްދުގައި ފާއިތުވި ދެ ދުވަހުވެސް އިރާނުން ވަނީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފައި އެވެ. ފާއިތުވި ދެ ރޭ ދިން ހަމަލާތަކުގައި މިހާތަނަށް 17 ޔަހޫދީއަކު މަރާލާފައިވާއިރު އެތައް ސަތޭކަ ޔަހޫދީންނެއް ވަނީ ޒަހަމްކޮށްލާފައި އެވެ.

އިރާނުން ރޭވެސް ހައިފާއަށް ހަމަލާދިނީ ހައިޕާސޮނިކް ބެލިސްޓިކް މިސައިލެއް ބޭނުންކޮށްގެންނެވެ. އެހަމަލާ އިރާނުން އިސްރާއީލަށް ފޯރީ އެންމެ 5 މިނެޓުގެ ތެރޭގައި ކަމަށް އިރާނާއި އިސްރާއީލުގެ މީޑިއާތަކުންވެސް ރިޕޯޓުކުރި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside