
އިރާނުން އަނެއްކާވެސް އިސްރާއީލަށް މިސައިލް ހަމަލާތަކެއް ފޮނުވާލައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިރާނުން މިރޭ ވަނީ ހައިޕަސޮނިކް މިސައިލްތަކެއްވެސް އިސްރާއީލަށް އަމާޒުކޮށް ފޮނުވާލާފައި އެވެ. މި ހަމަލާއާއި އެކު އިސްރާއީލުގެ ހުރިހާ ސަރަހައްދުތަކެއްގައި އެއާ ސައިރަންތައް މިހާރު ވަނީ އެކްޓިވޭޓް ވެފައި އެވެ.
އަދި އެތައްސަތޭކަ ޔަހޫދީންތައް ހިމާޔާތް ހޯދުމަށް ދުވާ މަންޒަރު ފެންނަ ވީޑިއޯތަކެއްވެސް އިސްރާއީލުގެ މީޑީއާތަކުން ދަނީ ވަގުތުން ބްރޯޑްކާސްޓު ކުރަމުންނެވެ.
އިރާނުންވެސް މިހާރު ވަނީ އިސްރާއީލަށް ހަމަލާތަކެއް ފޮނުވާލާފައިވާ ކަން ކަށަވަރުކޮށްދީފައި އެވެ.
މިއީ މިއަދު އިރާނުން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި ދެވަނަ ހަމަލާއެވެ. ފާއިތުވި ދެދުވަހާއި ހިލާފަށް އިރާނުން މިއަދު ވަނީ އިސްރާއީލަށް ދުވާލުގެ ވަގުތުގައި ވެސް މިސައިލްއާއި ރޮކެޓު ބޭނުންކޮށްގެން ހަމަލާއެއް ފޮނުވާލާފައި އެވެ. މި ހަމަލާތައް އިރާނުން އަމާޒުކުރީ އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކާއި އިސްރާއީލު ސަރުކާރުގެ އިމާރާތްތަކަށެވެ. މިއާއިއެކު އިސްރާއީލު ސަރުކާރާއި އަސްކަރިއްޔާއިން ވަނި އެހަމަލާތަކުގައި ލިބުނު ގެއްލުންތައް ދުނިޔެއަށް ސިއްރުކޮށްފައި އެވެ.
އިސްރާއީލުންވެސް މިއަދު އިރާނުގެ އެކި ތަންތަނަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު އިރާނުން ޝަހީދުވި މީހުންގެ އަދަދުވެސް ދަނީ މަތިވަމުންނެވެ. އެގޮތުން ފާއިތުވި ތިން ދުވަހުން އިރާނުގެ 120 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައިއެވެ. އިސްރާއީލުން ބުނާގޮތުގައި އިރާނަށް ހަމަލާދެމުންދަނީ އިރާނުން އިސްރާއީލަށް ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތުމުންނެވެ. އެގޮތުން އިރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަމުންދާކަމަށާއި ހަމަލާތަކުގައި މައި އަމާޒަކީ އެތަންތަން ކަމަށް އިސްރާއީލުން ބުނެއެވެ. އިސްރާއީލުން އިރާނަށް ދިން ހަމަލާތަކުގައި އިރާނުގެ ގިނަ އަދަދެއްގެ ސައިންޓިސްޓުން ވަނީ ޝަހީދުކޮށްލާފައި އެވެ.
އިސްރާއީލުގެ ހަމަލާތަކުގެ ރައްދުގައި ފާއިތުވި ދެ ދުވަހުވެސް އިރާނުން ވަނީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީފައި އެވެ. ފާއިތުވި ދެ ރޭ ދިން ހަމަލާތަކުގައި މިހާތަނަށް 17 ޔަހޫދީއަކު މަރާލާފައިވާއިރު އެތައް ސަތޭކަ ޔަހޫދީންނެއް ވަނީ ޒަހަމްކޮށްލާފައި އެވެ.
ގުޅުންހުރި

އިރާނުން މިއަދު ހެނދުނު ދިން ހަމަލާއެއްގައި މަރާލި 4 ޔަހޫދީންގެ ތެރޭގައި ސިފައިންގެ މީހެއް ހިމެނޭ!

ހަމަލާތައް ހުއްޓުލަން ޖެހޭ ހާލަތެއް އަދި ނެތް، ހަމަލާތައް ހުއްޓާލުމުގެ އެއްވެސް ހުށަހެޅުމެއް ނުލިބޭ - އިރާން

ހަމަލާތައް ހުއްޓާލަން އިރާނާއި އިސްރާއީލުން އެއްބަސްވެއްޖެ - ޓްރަމްޕު
