
އިރާނުގެ ޚާމަނާއީ އަވަހާރަކޮށްލުމަށް ނަތަންޔާހޫ، ޓްރަމްޕުގެ އަރިހުން އާދޭސްކުރަނީ: ޓްރަމްޕު އެކަމާ ދެކޮޅު!
# އިރާން - އިސްރާއީލްއިރާނުގެ ސުޕްރީމް ލީޑަރު ޚާމަނާއީ އަވަހާރަކޮށްލުމުގެ ހުއްދައަކަށް އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒިރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އަރިހުގައި އާދޭސް ކުަރަމުންދާ ކަމަށް އެމެރިކާގެ އިސް އޮފިޝަލުންތަކެއް ބުނެފި އެވެ.

އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަކޮށްލަން އިޒްރޭލުން ދާދި ފަހުން ރޭވި ރޭވުން ޑޮނަލްޑް ޓްރަމްޕް ވީޓޯ ކުރެއްވިކަން ހާމަކުރީ ރޮއިޓާސްއަށް މައުލޫމާތު ދިން އެމެރިކާގެ ދެ އޮފިޝަލަކެވެ.
އެގޮތުން އެދެ އޮފިޝަލުންނާއި ހަވާލާދީ ރޮއެޓާސްއިން ރިޕޯޓުކުރަމުންދާ ގޮތުގައި އިރާނާއި އިސްރާއީލުގެ ހަމަނުޖެހުމުގެ ތެރެއިން އެމެރިކާއިން މިވަގުތު ނުވަދެ ތިބީ އިރާނުން އެމެރިކާގެ ރައްޔިތަކަށް ނުވަތަ އެމެރިކާގެ ބޭސްއަކަށް ހަމަލާ ދީފައި ނުވުމުނެވެ. އެގޮތުން އިރާނުގެ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ޚާމަނާއީ އަވަހާރަކޮށްލުމަށް ނަތަންޔާހޫ ޓްރަމްޕުގެ އަރިހުން ފާއިތުވި ދެ ދުވަހުވެސް ހުއްދައަކަށް އެދުމުން ޓްރަމްޕު ނަތަންޔާހޫއަށް ދެއްވީ ވެސް އެޖަވާބު ކަމަށް އޮފިޝަލުން ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ޚާމަނާއީ އަވަހާރަކޮށްލައިފި ނަމަ ނިއުކްލިއާ ހަނގުރާމައެއް ފެށުމުގެ ބިރު އެމެރިކާއަށް އެބައޮތެވެ.
އިސްރާއީލަށް އެމެރިކާގެ އެހީއާއި ނުލައި އިރާނުގެ ޚާމަނާއީ އަވަހާރަކޮށްލުމަކީ ވެދާނެ ކަމެއް ނޫން ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ސަބަބަކީ މިހާރުވެސް އިރާނަށް އިސްރާއީލުން ހަމަލާތައް ދިނުމަށް ބޭނުންކުރަމުންދަނީ އެމެރިކާގެ ހަތިޔާރުތައް ކަމަށް ވުމާއި އިސްރާއީލުގެ އިންޓެލިޖެންސަށް ގިނަ މައުލޫމާތު ފޯރުކޮށްދެނީ އެމެރިކާއިން ވުމެވެ.
މިކަން ފަޅާއެރުމުން ނިރުބަވެރި ނަތަންޔާހޫ ވަނީ އެއީ ދޮގެއް ކަމަށް ބުނެ އެމެރިކާގެ ނޫހަކަށް އިންޓަވިއުއެއް ދީފައި އެވެ.
އިރާނުގެ ބައެއް މީޑިއާތަކުން އިއްޔެ ވަނީ ޚާމަނާއީއަށް އަމާޒުކޮށް އިސްރާއީލުން ހަމަލާއެއްދިން ކަމަށް ރިޕޯޓުކޮށްފައި އެވެ.
ގުޅުންހުރި

އިރާނުން މިއަދު ހެނދުނު ދިން ހަމަލާއެއްގައި މަރާލި 4 ޔަހޫދީންގެ ތެރޭގައި ސިފައިންގެ މީހެއް ހިމެނޭ!

ހަމަލާތައް ހުއްޓުލަން ޖެހޭ ހާލަތެއް އަދި ނެތް، ހަމަލާތައް ހުއްޓާލުމުގެ އެއްވެސް ހުށަހެޅުމެއް ނުލިބޭ - އިރާން

ހަމަލާތައް ހުއްޓާލަން އިރާނާއި އިސްރާއީލުން އެއްބަސްވެއްޖެ - ޓްރަމްޕު
