
އިރާނުން މިއަދުގެ ހަމަލާތަކަށް ތައްޔާރުވެއްޖެ: ޔަހޫދީން ބަންކަރުތަކާއި ކައިރި ސަރަހައްދުތަކުގައި ތިބެން އަންގައިފި
# އިރާން - އިސްރާއީލްއިރާނުން ހަމަލާއެއްދޭން ތައްޔާރުވެފައިވާ ކަމުގެ ރިޕޯޓު ޔަހޫދީ އިންޓެލިޖެންސަށް ލިބުމާއި ގުޅިގެން އިސްރާއީލުގެ ހުރިހާ ސަރަހައްދެއްގައި ތިބި އެންމެން ބަންކަރުތަކާއި ކައިރި ސަރަހައްދުތަކުގައި ތިބެން އަންގައިފި އެވެ.

އިޒްރޭލުގެ ހޯމް ފްރަންޓް ކޮމާންޑްއިން ދާދި ދެންމެ އަކު އެންގި އެންގުމެއްގައި ބުނީ ޔަހޫދީން ބަންކަރުތަކާއި ބިންގަރާސްތައް ފަދަ ރައްކާތެރި ސަރަހައްދުތައް ކައިރީގައި ތިބުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަދި އިޒްރޭލަށް އަމާޒުކޮށް މިސައިލް ފޮނުވާލުމަށް އީރާނުން ފަހުގެ ތައްޔާރީތައް ވަމުން ކަމަށް އަސްކަރީ އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް އިޒްރޭލުގެ ހޯމް ފްރަންޓް ކޮމާންޑްގެ އެންގުމުގައި ވަނީ ބުނެފައި އެވެ.
އިރާނުން ފާއިތުވި ދެދުވަހުވެސް އިސްރާއީލުގެ އެކި އަމާޒުތަކަށް ހަމަލާދީފައިވެއެވެ. އަދި އެހަމަލާތަކުގައި މިހާތަނަށް ޖުމުލަ 17 ޔަހޫދީއަކު ވަނީ މަރުވެފައި އެވެ.
ފާއިތުވި ދެދުވަހުވެސް އިރާނުން ހަމަލާދިނީ ރޭގަނޑުގެ ވަގުތުގައި އެވެ. ނަމަވެސް އެއާ ހިލާފަށް މިއަދު އިރާނުން ހަމަލާދޭ ގަޑިއަވަސް ކުރާނެ ކަމަށް މީގެ ކުރީން އިރާނުގެ އިސް އޮފިޝަލުންތަކެއްވެސް ވަނީ އިޝާރާތެއް ދީފައި އެވެ.
ގުޅުންހުރި

އިރާނުން މިއަދު ހެނދުނު ދިން ހަމަލާއެއްގައި މަރާލި 4 ޔަހޫދީންގެ ތެރޭގައި ސިފައިންގެ މީހެއް ހިމެނޭ!

ހަމަލާތައް ހުއްޓުލަން ޖެހޭ ހާލަތެއް އަދި ނެތް، ހަމަލާތައް ހުއްޓާލުމުގެ އެއްވެސް ހުށަހެޅުމެއް ނުލިބޭ - އިރާން

ހަމަލާތައް ހުއްޓާލަން އިރާނާއި އިސްރާއީލުން އެއްބަސްވެއްޖެ - ޓްރަމްޕު
