logoEN
Sto top
ބައްޕައިން ވެވަޑައިގެންނެވި ޤުރުބާނީގެ އަގު ވަޒަންކުރުމަށް ޢާޒިމް އިލްތިމާސްކުރައްވައިފި

ބައްޕައިން ވެވަޑައިގެންނެވި ޤުރުބާނީގެ އަގު ވަޒަންކުރުމަށް ޢާޒިމް އިލްތިމާސްކުރައްވައިފި

އަހުމަދު ޝުރާއު

logo

6/15/2025, 12:34:32 PM

# އާދަމް އާޒިމް

-

ބައްޕައިން ވެވަޑައިގެންނެވި ޤުރުބާނީގެ އަގު ވަޒަންކުރުމަށް، ދިވެހި ލޮބުވެތި އަޚުންނާއި އުޚުތުންނަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އިލްތިމާސްކުރައްވައިފި އެވެ.

Wamco

މޭޔަރ ޢާޒިމް މިކަމަށް އިލްތިމާސް ކުރެއްވީ ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ، ބައްޕައިންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ ބައްޕައިންނަކީ، ދަރިންނާއި، އާއިލާގެ ތެރޭގައި ހިމެނޭ ހުރިހައި ފަރާތްތަކުގެ މުހުތާދުތައް ފުއްދުމަށް، ހިތްވަރާއެކު މަންމައާއި އެކު ބުރަ މަސައްކަތް ކުރާފަރާތް ކަމަށެވެ.

"ޚާއްޞަކޮށް، މިއަދު، އިސްރަށްވެހިންގެ ގޮތުގައި ތިއްބެވި ހިތްމަތްތެރި ބައްޕައިންނަކީ، ދައުލަތުގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ފޯރުކޮށް ނުދޭ ޒަމާނުގައި ވެސް، އާއިލާތަކުގެ ބޭނުންތައް ފުއްދުމަށް، ބޭނުންވާ ޢާމްދަނީ ހޯދުމަށް، ވަރަށް ދަތި ޙާލަތުގައި، ވަރުބަލިވުމެއް ނެތި ބުރަކޮށް މަސައްކަތްކޮށް، ޤުރުބާނީ ތަކެއް ވެފައިވާ ބައެއްކަން، އަޅުގަނޑު ފާހަގަކުރަން" މޭޔަރ ޢާޒިމް ވިދާޅުވި އެވެ.

މޭޔަރ ޢާޒިމް ވަނީ ބައްޕައިންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ، ދިވެހި ލޮބުވެތި، ހިތްވަރުގަދަ ބައްޕައިންނަށް، ލޯތްބާއެކު އަރިސްކުރައްވާފައެވެ.

ބައިނަލްއަޤުވާމީގޮތުން ފާހަގަކުރާ، ބައްޕައިންގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖޫން މަހުގެ 15 ދުވަހުއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside