logoEN
Sto top
ފަރުދުންގެ ކަރާމާތާއި، ހަމަހަމަކަމާއި، އިންސާފު ކަށަވަރުކުރެވޭނެ ތަނަކަށް މާލެ ވެގެންދާނެ - އާޒިމް

ފަރުދުންގެ ކަރާމާތާއި، ހަމަހަމަކަމާއި، އިންސާފު ކަށަވަރުކުރެވޭނެ ތަނަކަށް މާލެ ވެގެންދާނެ - އާޒިމް

އަހުމަދު ޝުރާއު

logo

12/11/2025, 11:56:24 AM

# އާދަމް އާޒިމް

-

ފަރުދުންގެ ކަރާމާތާއި، ހަމަހަމަކަމާއި، އިންސާފު ކަށަވަރުކުރެވޭނެ ތަނަކަށް މާލެ ވެގެންދާނެ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވިއެވެ.

Wamco

މޭޔަރ ޢާޒިމް މިފަދައިން ވިދާޅުވީ، ބައިނަލް އަޤްވާމީ ގޮތުން ފާހަގަ ކުރާ ދުނިޔޭގެ އިންސާނީ ހައްޤުތަކުގެ ދުވަހާއި ގުޅިގެން އެމަނިކުފާނުގެ އަމިއްލަފުޅު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

"މި އިންސާނީ ހައްގުތަކުގެ ދުވަހުގައި، ކޮންމެ ފަރުދެއްގެ ވެސް ކަރާމާތާއި، ހަމަހަމަކަމާއި، އިންސާފު ކަށަވަރުކުރެވޭނެ ތަނަކަށް މާލެ ސިޓީ ހެދުމަށް ޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތުގެ ޔަގީންކޮށް އެކަން ފާހަގަކުރަން" މޭޔަރ އާދަމް ޢާޒިމް ވިދާޅުވިއެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، މުޖުތަމައަށް ޓަކައި ރައްކާތެރި އެންމެން ބައިވެރިވާ ފަދަ މުސްތަޤުބަލެއް ބިނާކޮށް، ހުރިހާ އެންމެންގެ ހައްގުތައް ރައްކާތެރި ކުރުމަށް އެކުގައި މަސައްކަތް ކުރުމަށް ވެސް ގޮވާލާ ކަމަށެވެ.

ދުނިޔޭގެ އިންސާނީ ހައްގުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމަށް އދ އިން ކަނޑައަޅާފައިވާ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ.

މިއީ، ކޮންމެ އިންސާނަކަށް ވެސް އިންސާފާއި، އިންސާނީ ކަރާމާތާއި، އަމިއްލަ މިނިވަންކަން ޔަޤީންކޮށްދިނުމަށް ޓަކައި މުޅި ދުނިޔޭގައި އިންސާނީ ޙައްޤުތައް ކުރިއެރުވުމާއި ރައްކާތެރިކުރުމުގެ މަޤްސަދުގައި އދ އިން ފާހަގަކުރާ ދުވަހެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC