
ބޮޑުތަކުރުފާނު މަގު، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ވަރަށް ބާރު މިނުގައިކުރިޔަށްދާތީ އުފާކުރަން - އާޒިމް
# އާދަމް އާޒިމް-
ކާރުބާރު ބޮޑު، މާލޭގެ އުތުރުފަރާތު، ބޮޑުތަކުރުފާނު މަގު، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ވަރަށް ބާރު މިނުގައި، ވަރަށް ފުރިހަމައަށް ކުރަމުންދާތަން ފެނި، އެކަމާ ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށް މާ ލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މިފަދައިން ވިދާޅުވެފައި ވަނީ މާލޭގެ އުތުރުފަރާތު، ބޮޑުތަކުރުފާނު މަގު، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށް ދާގޮތް ބައްލަވާލެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މާލޭގެ އުތުރުފަރާތު، ބޮޑުތަކުރުފާނު މަގު، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ ޖުމުލަ 830 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމަށް ހިންގާ މި މަޝްރޫޢުގެ ސަބަބުން، މި ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމަށް، އިންގިލާބީ ހެޔޮ ބަދަލެއް އަންނާނެކަމަށެވެ.
ސަރުކާރާއި އަމިއްލަފަރާތްތަކުގެ ގިނަ އޮފީސްތަކާއި، ބެންކުތަކާއި އަދި މަސްމާރުކޭޓާއި ގިނަ ހޯލްސޭލް ފިހާރަ ހިމެނޭ، ސަރަޙައްދަށް ގެނެވޭ މި ބޮޑު ބަދަލުގެ ސަބަބުން، ވަރަށް ގިނަ ރައްޔިތުންނަށް، އެކި ގޮތްގޮތުން ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ދެކެވަޑައިގަން ނަވާ ކަމަށް ވެސް މޭޔަރ ޢާޒިމްވަނީ ވިދާޅުވެފައެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، އުންމީދަކީ، ވީހައި އަވަހަކަށް މި މަޝްރޫޢުގެ މަސައްކަތް ނިމި، މި ސަރަޙައްދު ބޭނުންކުރަމުންދާ ފަރާތްތަކަށް، އެ ކަމުގެ ލުއި ފަސޭހަތައް ލިބެން ފެށުން ކަމަށެވެ.
ގުޅުންހުރި

އާދަމް އާޒިމްގެ މަސައްކަތް އެމްޑީޕީގެ މެމްބަރުން ބަލައިގެންފި - ސޯލިހް

ވާދަވެރި ޕްރައިމަރީ ކާމިޔާބުކޮށް މާލޭ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓު އާދަމް އާޒިމްއަށް!

ފަރުދުންގެ ކަރާމާތާއި، ހަމަހަމަކަމާއި، އިންސާފު ކަށަވަރުކުރެވޭނެ ތަނަކަށް މާލެ ވެގެންދާނެ - އާޒިމް

.gif&w=3840&q=75)



