logoEN
Sto top
އާދަމް އާޒިމްގެ މަސައްކަތް އެމްޑީޕީގެ މެމްބަރުން ބަލައިގެންފި - ސޯލިހް

އާދަމް އާޒިމްގެ މަސައްކަތް އެމްޑީޕީގެ މެމްބަރުން ބަލައިގެންފި - ސޯލިހް

އަހުމަދު ޝުރާއު

logo

1/17/2026, 4:27:14 AM

# އާދަމް އާޒިމް

-

މާލޭގެ މޭޔަރު ކަމުގައި ހުންނަވައި އާދަމް އާޒިމް ކޮށްދެއްވި މަސައްކަތްތައް އެމްޑީޕީގެ މެމްބަރުން ބަލައިގެންފައިވާކަން މިއަދު ސާބިތުވެގެންގޮސްފައިވާކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

Wamco

ސޯލިހް މިފަދައިން ވިދާޅުވީ އިއްޔެ ބޭއްވި އެމްޑީޕީގެ ޕްރައިމެރީގައި މާލޭގެ މޭޔަރުކަމަށް އާދަމް އާޒިމް އެމްޑީޕީގެ ޓިކެޓު ކަށަވަރުކުރެއްވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އެގޮތުން އާޒިމަށް މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސޯލިހް ވިދާޅުވީ އާޒިމް ހޯއްދެވި ކާމިޔާބީއަކީ މާލޭ މޭޔަރު ކަމުގައި ހުންނަވައިގެން މާލޭގެ ރައްޔިތުންނަށް ކޮށްދެއްވި ޚިދުމަތްތައް އެމްޑީޕީގެ މެންބަރުން ބަލައިގަތް ކަމެއް ކަމަށެވެ.

އަދި ކެމްޕެއިން ތެރޭގައި ވަރަށް ގިނަ މާލޭގެ މެންބަރުންނާ ބައްދަލުވެފައިވާނެ ކަމަށާއި އަދިއެ މީހުންގެ އިހުސާސްތަކާ އެމީހުންއެދޭ ގޮތްތައް ވެސް އިވިފައިވާނެކަން ފާހަގަކުރައްވަމުން އިބޫ ވަނީ މޭޔަރު ކަމަށް އަލުން ހޮވިއްޖެނަމަ އެ އިހުސާސްތަކާ އެ ހުށަހެޅުންތަކަށް އަމަލީ ސިފަ ގެންނެވުމަށް މަސައްކަތް ކުރެއްވުމަށް އިލްތިމާސްކުރައްވާފަ އެވެ.

އާދަމް އާޒިމް އެމްޓީޕީގެ ޓިކެޓު ކަށަވަރުކުރީ ލޯކަލް ކައުންސިލް އިންތިހާބަަށް އިދިކޮޅު އެމްޑީޕީން ނެރޭ ކެންޑިޑޭޓުން ހޮވަން އިއްޔެ ބޭއްވި ވާދަވެރި ޕްރައިމަރީގައި އެމަގާމަށް ދެން ކުރިމަތިލެއްވި އަލީ އާޒިމް ބޮޑު ތަފާތަކުން ބަލިކުރެއްވުމަށްފަހުގައިއެވެ. މިހާރުވެސް މާލޭގެ މޭޔަރުކަން ކުރައްވާ އާދަމް އާޒިމް މޭޔަރު ކަމަށް އެންމެ ފުރަތަމަ އިންތިހާބުވީ މިދިޔަ އަހަރުގެ ޖެނުއަރީ 22 ގައެވެ. އެ އިންތިހާބު އޭނާ ކާމިޔާބުކުރެއްވީ ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރާއި، ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު އަދި މިހާރުގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހާ ވާދަކުރައްވައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މިއަހަރުގެ އެޕްރީލް 4 ގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC