
ވާދަވެރި ޕްރައިމަރީ ކާމިޔާބުކޮށް މާލޭ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓު އާދަމް އާޒިމްއަށް!
# އާދަމް އާޒިމް-
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމުގެ މަގާމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު މިހާރުގެ މޭޔަރު އާދަމް އާޒިމް ހޯދައިފި އެވެ.

އާދަމް އާޒިމް އެމްޓީޕީގެ ޓިކެތު ކަށަވަރުކުރީ ލޯކަލް ކައުންސިލް އިންތިހާބަަށް އިދިކޮޅު އެމްޑީޕީން ނެރޭ ކެންޑިޑޭޓުން ހޮވަން މިއަދު ބޭއްވި ވާދަވެރި ޕްރައިމަރީގައި އެމަގާމަށް ދެން ކުރިމަތިލެއްވި އަލީ އާޒިމް ބޮޑު ތަފާތަކުން ބަލިކުރެއްވުމަށްފަހުގައިއެވެ.
ފޯރިގަދަ މި ޕްރައިމެރީ ނިމި މިހާތަނަށް ގުނި ހުރިހާ ފޮށްޓަކުން އާދަމް އާޡިމް ކުރި ހޯދާފައިވާއިރު އަލީ އާޒިމް އާއި އާދަމް އާޒިމް އާއި ދެމެދު ގާތްގަނޑަކަށް 500 އެއްހާ ވޯޓުގެ ބޮޑު ފަރަގެއް އެބައޮތެވެ. އެމްޑީޕީން އަދި ރަސްމީކޮށް ޕްރައިމެރީގެ ނަތީޖާ އިއުލާނުކޮށްފައިނުވި ނަމަވެސް އެމްޑީޕީގެ އިސް ފަރާތްތަކުންވެސް ދަނީ އާދަމް އާޒިމް ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔަމުންނެވެ.
މިއަދު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުގައި ރަށު ކައުންސިލްތަކުގެ އިންތިހާބަށް 25 ރަށަކުން 92 ކެންޑިޑޭޓުން ވާދަކުރެ އެވެ. އަދި ސިޓީގެ ގޮތުގައި ބަލާ ފަސް ރަށަކުން 37 ކެންޑިޑޭޓުންނާ އެކު، ޖުމްލަ 129 މީހަކު ވާދަކުރި އެވެ. އެމްޑީޕީގެ ޓިކެޓު ހޯދަން އަންހެނުންގެ ކޮމެޓީއަށް 23 ކެންޑިޑޭޓުން ވާދަކުރި އެވެ. އެއީ ރަށްރަށުން 15 މީހަކާއި މާލެއިން އަށް މީހެކެވެ.
މިހާރުވެސް މާލޭގެ މޭޔަރުކަން ކުރައްވާ އާދަމް އާޒިމް މޭޔަރު ކަމަށް އެންމެ ފުރަތަމަ އިންތިހާބުވީ މިދިޔަ އަހަރުގެ ޖެނުއަރީ 22 ގައެވެ. އެ އިންތިހާބު އޭނާ ކާމިޔާބުކުރެއްވީ ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރާއި، ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު އަދި މިހާރުގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހާ ވާދަކުރައްވައެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މިއަހަރުގެ އެޕްރީލް 4 ގައެވެ.
ގުޅުންހުރި

ވާދަވެރި ޕްރައިމަރީ ކާމިޔާބުކޮށް މާލޭ މޭޔަރު ކަމުގެ އެމްޑީޕީ ޓިކެޓު އާދަމް އާޒިމްއަށް!

ފަރުދުންގެ ކަރާމާތާއި، ހަމަހަމަކަމާއި، އިންސާފު ކަށަވަރުކުރެވޭނެ ތަނަކަށް މާލެ ވެގެންދާނެ - އާޒިމް

ބޮޑުތަކުރުފާނު މަގު، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ވަރަށް ބާރު މިނުގައިކުރިޔަށްދާތީ އުފާކުރަން - އާޒިމް





