logoEN
Sto top
ހައިފާއަށް އަމާޒުވީ ހައިޕާސޮނިކް ބެލިސްޓިކް މިސައިލެއް، އަމާޒަށް ވާސިލުވާން 5 މިނެޓުވެސް ނުނަގާ: މަރުވި ޔަހޫދީންގެ އަދަދު 4 އަށް!

ހައިފާއަށް އަމާޒުވީ ހައިޕާސޮނިކް ބެލިސްޓިކް މިސައިލެއް، އަމާޒަށް ވާސިލުވާން 5 މިނެޓުވެސް ނުނަގާ: މަރުވި ޔަހޫދީންގެ އަދަދު 4 އަށް!

އަހުމަދު ޝުރާއު

logo

6/14/2025, 10:11:25 PM

# އިރާން - އިސްރާއީލް

އިރާނުގެ ބެލިސްޓިމް މިސައިލް ހައިފާއަށް އަމާޒުވަނީ

އިރާނުން މިރޭ އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި މިސައިލް ހަމަލާތަކުގެ ތެރޭގައި ހައިޕާސޮއިކް ބެލިސްޓިކް މިސައިލެއް ހިމެނޭ ކަމަށާއި ހިފާފައިވާ ހައިފާއަށް އަމާޒުވީ އެމިސައިލް ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

Wamco

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ހައިފާއަށް އަމާޒުވި މިސައިލް ހަމަލާއަކީ މިހާތަނަށް އިސްރާއީލަށް ދިން އެންމެ ވަރުގަދަ އެއް ހަމަލާއެވެ. އެގޮތުން ހަމަލާގައި ބާރުގަދަ ކަމުން ހަމަލާ އިސްރާއީލަށް ފޯރީ އެންމެ 5 ވަރަކަށް މިނެޓުގެ ތެރޭގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.،

އެހެނިހެން ބައެއް ރިޕޯޓުތައް ބުނާގޮތުގައި މި މިސައިލްގެ ސްޕީޑް ބާރު ކަމުން އިސްރާއީލާއި އުރުދުންގެ އަސްކަރިއްޔާއަށް މި މިސައިލް ހުއްޓުވޭ ގޮތެއް ނުވި އެވެ. އަދި ހަމަލާގައި ހައިފާއަށް ބޮޑެތު ގެއްލުންތަކެއް ވެފައިވާ ކަމަށާއި މިހާތަނަށް މަރުވި ޔަހޫދީންގެ އަދަދު 4 އަށް އަރާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

View post on Twitter

މި ހަމަލާގައި 20 އަށްވުރެ ގިނަ ޔަހޫދީން ޒަހަމްވެފައިވެއެވެ.

މި ހަމަލާގައި ހައިފާގެ އަވަށަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ހަމަލާއާއި ގުޅިގެން ވަރަށް ބޮޑަށް އަލިފާން ރޯވުމާއިއެކު ކަމާބެހޭ ފަރާތްތަކުން ދަނީ އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް މަސައްކަތް ކުރަމުންނެވެ. މި ހަމަލާގައި ހައިޕާސޮއިން މިސައިލް ހިފާފައިވާ ހައިފާގެ އަމާޒަކަށް ބާރު ސްޕީޑެއްގައި އައިސް ގޮވާ މަންޒަރު ފެންނަ ވީޑިއޯތައްވެސް ބޭރުގެ މީޑިއާތަކުން ދަނީ މިހާރު ދައްކަމުންނެވެ.

އީރާނުގެ ރަސްމީ ނޫސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލުގެ އެކި އަވަށްތަކަށް އަމާޒުކޮށް މިސައިލްތަކާއި ޑްރޯންތަކުން އީރާނުގެ ސިފައިން ވަނީ ހައިބްރިޑް ހަމަލާއެއް ދީފައި އެވެ.

އިރާނުން ރޭވެސް ވަނީ އިސްރާއީލަށް ވަރުގަދަ ރައްދު ހަމަލާތަކެއްދީ އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ދީފައި އެވެ. އެގޮތުން ހަމްލާތަކުގައި ޔަހޫދީންގެ އެތައް ބަޔަކު ޒަހަމްވި އިރު 3 ޔަހޫދީއަކު ވަނީ މަރު ވެފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside