
-
އިރާނުން މިރޭ އިސްރާއީލަށް ދިން ހަމަލާގައި އިސްރާއީލުން ހިފާފައިވާ ހައިފާއިން މަރުވި ޔަހޫދީންގެ އަދަދު 3 އަށް އަރައިފި އެވެ.

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އިސްރާއީލުގެ އުތުރުން ހައިފާއަށް މިރޭ އިރާނުން ދިން މިސައިލް ހަމަލާތަކެއް އަމާޒުވުމާއި އެކު ގިނަ ބަޔަކު ވަނީ ޒަހަމްވެފައި އެވެ. އަދި މިހާތަނަށް 3 ޔަހޫދީ އަކު މަރުވެފައިވާކަން އިސްރާއީލުގެ އެމްބިއުލާންސް ސާވިސްއިން ކަށަވަރުކޮށްދީފައިވާ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައި އެވެ.
މި ހަމަލާގައި ހައިފާގެ އަވަށަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު ހަމަލާއާއި ގުޅިގެން ވަރަށް ބޮޑަށް އަލިފާން ރޯވުމާއިއެކު ކަމާބެހޭ ފަރާތްތަކުން ދަނީ އަލިފާންގަނޑު ކޮންޓްރޯލްކުރުމަށް މަސައްކަތް ކުރަމުންނެވެ.
މި ހަމަލާގައި ބައެއް މިސައިލްތައް ހިފާފައިވާ ހައިފާގެ ބައެއް ތަންތަނަށް އަމާޒުވާ މަންޒަރު ފެންނަ ވީޑިއޯތައްވެސް ބޭރުގެ މީޑިއާތަކުން ދަނީ މިހާރު ދައްކަމުންނެވެ.
އީރާނުގެ ރަސްމީ ނޫސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލުގެ އެކި އަވަށްތަކަށް އަމާޒުކޮށް މިސައިލްތަކާއި ޑްރޯންތަކުން އީރާނުގެ ސިފައިން ވަނީ ހައިބްރިޑް ހަމަލާއެއް ދީފައި އެވެ.
އިރާނުން ރޭވެސް ވަނީ އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދީ އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ދީފައި އެވެ. އެގޮތުން ހަމްލާތަކުގައި ޔަހޫދީންގެ އެތައް ބަޔަކު ޒަހަމްވި އިރު 3 ޔަހޫދީއަކު ވަނީ މަރު ވެފައި އެވެ.
ގުޅުންހުރި

އިރާނުން މިއަދު ހެނދުނު ދިން ހަމަލާއެއްގައި މަރާލި 4 ޔަހޫދީންގެ ތެރޭގައި ސިފައިންގެ މީހެއް ހިމެނޭ!

ހަމަލާތައް ހުއްޓުލަން ޖެހޭ ހާލަތެއް އަދި ނެތް، ހަމަލާތައް ހުއްޓާލުމުގެ އެއްވެސް ހުށަހެޅުމެއް ނުލިބޭ - އިރާން

ހަމަލާތައް ހުއްޓާލަން އިރާނާއި އިސްރާއީލުން އެއްބަސްވެއްޖެ - ޓްރަމްޕު
