
އިރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރުމަށް އުރުދުންގެ ވައިގެ ސަރަހައްދު ބަންދުކޮށްފި
# އިރާން - އިސްރާއީލްއިރާނުން މިރޭ އިސްރާއީލަށް ދެމުންދާ ހަމަލާތަކުން އިސްރާއީލު ދިފާއުކުރުމަށް އުރުދުންގެ ވައިގެ ސަރަހައްދު ބަންދުކޮށްފި އެވެ.

އުރުދުންގެ ދައުލަތުގެ މީޑިއާއިން ދާދި ދެންމެ އަކު އިއުލާނުކުރި ގޮތުގައި އިޒްރޭލާއި އީރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އުރުދުންއިން ވަނީ މުއްދަތެއް ނެތް ގޮތަށް އެގައުމުގެ ވައިގެ ދަތުރުފަތުރުތައް މެދުކަނޑާލައި ވައިގެ ސަރަހައްދު ބަންދުކޮށްފައި އެވެ.
އުރުދުން އިން މިފަދައިން ބުނި ނަމަވެސް މިއަދުގެ އެކި ވަގުތުތަކުގައި އިސްރާއީލުން އިރާނުގެ އެކި ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދެމުން ދިޔައިރުވެސް އުރުދުންއިން އެހަމަލާތައް ހުއްޓުވާފައިނުވެއެވެ. އިތުބާރުހުރި މަސްދަރުތަކުން ވަނީ އިސްރާއީލުން އިރާނަށް ހަމަލާތައް ދިނުމަށް އުރުދުންގެ ވައިގެ ސަރަހައްދު ބޭނުންކުރިކަން ހާމަކޮށްފައި އެވެ.
ނަމަވެސް އުރުދުންއިން ކުއްލި ނިންމުމެއްގެ ގޮތުގައި ވައިގެ ސަރަހައްދު ބަންދު ކޮށްފައިމިވަނީ މިރޭ އިރާނުން އިސްރާއީލަށް ރައްދު ހަމަލާތައް ދޭން ފެށުމާއި ގުޅިގެންނެވެ. އިރާނުން މިރޭގެ ފުރަތަމަ ހަމަލާތައް ފޮނުވާލާފައިވާއިރު އިސްރާއިލު ދިފާއު ކުރުމަށް އުރުދުންގެ ވައިގެ އަސްކަރިއްޔާއިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރި އެވެ.
އެމަންޒަރުތައް އިސްރާއީލުގެ ހާލަތު ވަގުތުން ދުރައް ދައްކަމުން ދިޔަ އަލްޖަޒީރާއިގެ ލައިވް ކަވަރޭޖުން ވަރަށް ސާފުކޮށް ފެންނަ އިރު އުރުދުންގެ އައްމާނުގެ އުޑުމަތިން އިރާނުގެ މިސައިލްތައް ހުއްޓުވުމަށް އުރުދުންއިން ވަރަށް ބޮޑަށް މަސައްކަތްކޮށްފައި ވެއެވެ.
ނަމަވެސް ގިނަ ހަމަލާތައް ނުހުއްޓުވުނު އިރު އިސްރާއީލުގެ ބައެއް ސަރަހައްދުތަކަށް ހަމަލާތައް އަމާޒުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި އެވެ.
ގުޅުންހުރި

އިރާނުން މިއަދު ހެނދުނު ދިން ހަމަލާއެއްގައި މަރާލި 4 ޔަހޫދީންގެ ތެރޭގައި ސިފައިންގެ މީހެއް ހިމެނޭ!

ހަމަލާތައް ހުއްޓުލަން ޖެހޭ ހާލަތެއް އަދި ނެތް، ހަމަލާތައް ހުއްޓާލުމުގެ އެއްވެސް ހުށަހެޅުމެއް ނުލިބޭ - އިރާން

ހަމަލާތައް ހުއްޓާލަން އިރާނާއި އިސްރާއީލުން އެއްބަސްވެއްޖެ - ޓްރަމްޕު
